Advertisement

އެޑިއުކޭޝަން މިނިސްޓްރީ އިން މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ޖަމާ ނުކުރާ މައްސަލައެއް ފެންމަތިވެއްޖެ

about 2 hours 0

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު


އެޑިއުކޭޝަން މިނިސްޓްރީ އިން މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ޖަމާ ނުކުރާ މައްސަލައެއް ފެންމަތިވެއްޖެ

about 2 hours 0

އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަނަށް އެ މިނިސްޓްރީ އިން ފައިސާ ޖަމާނުކުރާތާ ހަ މަސްދުވަސް ފާއިތުވެއްޖެ އެވެ.

މުވައްޒަފުގެ އަތުން ޕެންޝަނަށް ކަނޑަނީ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ. ހަމަ އެ އަދަދު އެ މުވައްޒަފަށް ވަޒީފާ ދޭ ފަރާތުން ވެސް ދައްކަންޖެހެ އެވެ.

އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ މުވައްޒަފުންގެ އަތުން ކަނޑާ ބައި ޕެންޝަނަށް ދައްކަ އެވެ. ނުދައްކަނީ މިނިސްޓްރީ އިން ދައްކަން ޖެހޭ ބަޔެވެ. ބައެއް މުވައްޒަފުންގެ ޕެންޝަން އެކައުންޓުން އެކަން ހާމަވެ އެވެ.

މި ހަބަރަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅި ނަމަވެސް ލިޔުން ޕަބްލިޝް ކުރުމާ ހަމައަށް ކޮމެންޓެއް ލިބިފައެއްނުވެ އެވެ.

މިފަހުން ވެމްކޯއިން ވެސް ޕެންޝަނަށް ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވި އެވެ. މިދިޔަ ޖެނުއަރީ މަހު އެކަން ފެންމަތިވިއިރު، ޕެންޝަނަށް ފައިސަ ނުދައްކާތާ 14 މަސްދުވަސް ފާއިތުވެއްޖެ އެވެ.

މުވައްޒަފުންގެ އަތުން ޕެންޝަނަށް ކަނޑާ ފައިސާ ވެސް ވެމްކޯއިން ޕެންޝަން އެކައުންޓަށް ނުލައި ބެހެއްޓީ އެވެ. އެއީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އޭގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިދާރާތަކުން ވެސް ޕެންޝަނަށް ފައިސާ ނުދައްކާ ކަމުގެ އަޑުތަކެއް އިވެ އެވެ.

ވަޒީފާ އަދާ ކުރާ ކޮންމެ ދިވެއްސަކު އަިދ އެމީހަކަށް ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ފައިސާ ދައްކަންޖެހޭނެ އެވެ. ޕެންޝަނަށް ފައިސާ ޖަމާ ކުރަމުންދާ އަދަދާއި ތާރީހު އަދި ފަންޑުން ލިބޭ ނަފާތައް ޕެންޝަން ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.