27 ސެޕްޓެންބަރު 2025 - 20:32 0
މުހައްމަދު ޝަހްޒާން
ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރަ -- ފޮޓޯ: ގޫގުލް
27 ސެޕްޓެންބަރު 2025 - 20:32 0
ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގެ ސޭޓަށް މިއަދު ތޫނު އެއްޗަކުން މައްސަލަ ދިން ހާދިސާއާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ އެ އަންހެން މީހާގެ ކަރަށެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު އެ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލްދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރް މިއާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
ޖަހަންގިރް ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ހުރިތަން ލޮކޭޓު ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އަނިޔާވީ އުމުރުން 21 އަހަރުގެ ނޭޕާލް އަންހެނަކަށެވެ. އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Comment