27 ސެޕްޓެންބަރު 2025 - 19:36 1
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕްތައް ބެހިފައިވާ ގޮތް -- ފޮޓޯ: އަދަދު
27 ސެޕްޓެންބަރު 2025 - 19:36 1
މާދަމާރޭ ފަށާ ކްލަބް މޯލްޑިވްސްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުގެ ޗެނެލްތަކުން ވަގުތުން ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.
ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަނުގައި މި ފަހަރު ޖުމްލަ އެކު، ހަ މުބާރާތެއް ކުރިއަށް ދެ އެވެ. އޭގެ ތެރެއިން ދެ މުބާރާތެއް ވަނީ ނިމިފަ އެވެ. އެއީ، ޗެމްޕިއަނުންގެ މެދުގައި ކުޅުނު ކިންގްސް ކަޕާއި، އަންހެން ފުޓްސަލްގެ ދެ ވަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް އެވެ.
މާދަމާރޭ ފަށަނީ ކްލަބް މޯލްޑިވްސްގެ މައި މުބާރާތެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުގައި މާދަމާރޭ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާއި އެމްއޭސީއެލްގެ އިތުރުން ރޯޑް ރެކްރިއޭޝަން ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ. އެ ދެ މެޗު ފަށާނީ މާދަމާރޭ 8:15 ގަ އެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް އިން ބާއްވާ ޖުމްލަ ހަ މުބާރާތުގައި، 93 ޓީމު ބައިވެރިވާން އެޕްލިކޭޝަން ހުށަހެޅި އެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކަކީ ދިވެހި ފުޓްސަލް ދުނިޔޭގައި އެންމެ މަގުބޫލު، އަދި ބެލުންތެރިންގެ ތަރުހީބު ބޮޑު ފުޓްސަލް މުބާރާތްތަކެވެ.
Comment