Advertisement

ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓު ގުރައިދޫގައި އަޅަން ހަވާލުކޮށްފި

26 ސެޕްޓެންބަރު 2025 - 13:28 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގުރައިދޫ އެއާޕޯޓު އެޅުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުން -- ފޮޓޯ: އެމްއޭސީއެލް


ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓު ގުރައިދޫގައި އަޅަން ހަވާލުކޮށްފި

26 ސެޕްޓެންބަރު 2025 - 13:28 1

ތ. އަތޮޅުގެ ތިންވަނަ އެއާޕޯޓު އެ އަތޮޅު ގުރައިދޫގައި އަޅައި އޮޕަރޭޓުކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ރޭ ހަވާލުކޮށްފި އެވެ.

ތ. އަތޮޅުގެ ތިމަރަފުށީގައި މިހާރު ވެސް އެއާޕޯޓެއް އޮންނައިރު، އެ އަތޮޅު ވިލުފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގުރައިދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ގުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް 22 މަހުގެ ތެރޭގައި ނިންމައި، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށެވެ.

"މި މަސައްކަތް، މާދަމާއިން ފެށިގެން 22 މަސްދުވަހުގެ ތެރޭގައި ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. މާނައަކީ، 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިނިވަންދުވަހު، އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓު ހުޅުވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގުރައިދޫ އެއާޕޯޓު ވެގެންދާނީ އެ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ވަސީލަތަކަށް ކަމަށާއި އޭގެ ސަބަބުން ރަށާއި ދާއިރާގެ އިތުރުން އެ ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރޯއްޓަކަށް ވެގެންދާނެ ކަމަށެވެ.

ގުރައިދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފަ އެވެ.