Advertisement

ސަސްޕެންޝަނަށްފަހު ތިނަދޫގެ މޭޔަރު އެނބުރި މަސައްކަތަށް ނިކުމެއްޖެ

25 ސެޕްޓެންބަރު 2025 - 17:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިނަދޫ މޭޔަރު ސަސްޕެންޝަނަށްފަހު އަނބުރާ މަސްއޫލިއްޔަތުތަކާ ހަވާލުވުން -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް


ސަސްޕެންޝަނަށްފަހު ތިނަދޫގެ މޭޔަރު އެނބުރި މަސައްކަތަށް ނިކުމެއްޖެ

25 ސެޕްޓެންބަރު 2025 - 17:55 0

ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑުކުރި އެ ސިޓީގެ މޭޔަރު، ސައުދު އަލީ ސަސްޕެންޝަނަށްފަހު އެނބުރި މަސައްކަތަށް މިއަދު ނިކުމެއްޖެ އެވެ.

މޭޔަރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ސައުދު އަނބުރާ ކައުންސިލަށް ނިކުތުމުން އޭނާއަށް އެތަނުގެ މުވައްޒަފުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ޖޫން 25، ގައި ތިން މަސް ދުވަހަށް ސައުދު މަގާމުން ސަސްޕެންޑުކުރިއިރު، ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް އެއް މަސް ދުވަހަށް ސަސްޕެންޑުކުރި އެވެ.

އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ސައުދުގެ ސަސްޕެންޝަނާ ގުޅޭގޮތުން އޭނާ އަދަދު އަށް ކުރިން ވިދާޅުވީ އެކަން ކުރީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"އަސްލު ހަގީގަތުގަ މިއީ ކައުންސިލް ބަދުނާމުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރަމުންދާ ސިޔާސީ މަސައްކަތެއް. ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ މިހާރު އިދާރީ މަސައްކަތް ކުރާ ތަނެއް ނޫން. އެއީ ސިޔާސީ މަސައްކަތް ކުރާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލްގެ އެންމެ އިސް ދެ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން އޭރު ބުންޏެވެ.

އެލްޖީއޭއިން އޭރު ބުނީ އެ އިންކުއަރީގެ ދަށުން ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާންތައް ނަގާފަވާނެ ކަމަށާއި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ވެސް ހޯދާފައިވާނެ ކަމަށެވެ.