Advertisement

ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް ފީ ކުޑަކުރަން ބާސެލޯނާ އިން އެދެނީ

25 ސެޕްޓެންބަރު 2025 - 12:23 0


ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް ފީ ކުޑަކުރަން ބާސެލޯނާ އިން އެދެނީ

25 ސެޕްޓެންބަރު 2025 - 12:23 0

ބާސެލޯނާ (ސެޕްޓެމްބަރު 25) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑްގެ އެއްބަސްވުން ދާއިމީކުރަން މެންޗެސްޓާ ޔުނައިޓެޑުން ކިޔާ ފީ ކުޑަކުރަން ބާސެލޯނާ އިން އެދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން ރެޝްފޯޑް، 27، ގެންދިޔައީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ. އަދި، ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ.

މިދިޔަ ސީޒަނުގެ ފަހު ބައި، ލޯނަކަށް އެސްޓަން ވިލާ އަށް ކުޅުނު ރެޝްފޯޑް، ދާދި ފަހުން ކުޅުނު މެޗުތަކުގައި ބާސެލޯނާ އަށް ދައްކައިދިން މޮޅު ކުޅުމުގެ ސަބަބުން، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް، ކްލަބްގެ ބޯޑުގައި އެދިފައިވަނީ، ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން މިހާރު އަންނަނީ ޔުނައިޓެޑާ އެކު، ރެޝްފޯޑްގެ އެއްބަސްވުމެއް ހެދުމަށް ވާހަކަ ދައްކަމުންނެވެ. ބާސެލޯނާ އިން ދެ ޕްރޮޕޯސަލެއް ހުށަހަޅާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ތިން އަހަރަށް ބަހާލައިގެން 30 މިލިއަން ޑޮލަރު ދޭ ގޮތަށް ނޫނީ، 18-23 މިލިއަން ޑޮލަރަށް ފީ ކުޑަކުރުމަށެވެ.

ރެޝްފޯޑް ވަނީ ބާސެލޯނާ އަށް ކުޅެދިން ހަ މެޗުން ދެ ލަނޑު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.