25 ސެޕްޓެންބަރު 2025 - 07:51 0
25 ސެޕްޓެންބަރު 2025 - 07:51 0
ކްލަބް މޯލްޑިވްސް ކްލަސިކްގެ ގަދަ 16 ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެ، އެޗްޕީއެސްއެން، ޓީމު ޑީޖޭއޭ، ޓީމު ބަދަހި އަދި ސިޓީ ކައުންސިލުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެ ގޮތުން، 2023 ވަނަ އަހަރުގެ ޗެމްޕިއަން، ޑީޖޭއޭ އިން މި ފަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ، އެ ފަަހަރުގެ ސެމީ ފައިނަލަށް ދިޔަ ޓީމު ހާރިޖީއާ 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި 5-3 އިން މޮޅުވެގެންނެވެ. ޑީޖޭއޭ ޓީމަށް މުހައްމަދު އަޖުވަދު ސޮލާހު ލީޑުނަގައިދިން މި މެޗުގައި، ހާރިޖީ އަށް އެއްވަރުކޮށްދިނީ، ސުޒާން ހަސަން އަހުމަދު އެވެ. ޕެނަލްޓީގައި ޑީޖޭއޭ އިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ހާރިޖީން ވައްދާލީ ދެ ޕެނަލްޓީ އެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެން އައި ޓްރާންސްޕޯޓުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، އެޗްޕީއެސްއެން އިން ވަނީ 3-2 އިން މޮޅުވެފަ އެވެ. އިބްރާހިމް އަނާން އާއި ރައުހާން ރިއްފަތުގެ ގޯލުތަކުން ޓްރާންސްޕޯޓް ލީޑުނެގި މި މެޗުގައި، އެޗްޕީއެސްއެންގެ ލަނޑުތައް ޖެހީ، އަހުމަދު ޝޫން އާއި އަހުމަދު ވަދީއުއާ އެވެ.
ސިޓީ ކައުންސިލުން ވަނީ ރޭ ކުޅުނު މެޗުގައި ރަނގަޅު ފޯމެއްގައި އޮތް ހުޅުމާލެ ހޮސްޕިޓަލް އަތުން 3-1 އިން މޮޅުވެފަ އެވެ. ސިޓީ ކައުންސިލްގެ ލަނޑުތައް ޖެހީ މުހައްމަދު ސަމީހު، އިސްމާއިލް މުސަބް ނަޖީބު އަދި އިބްރާހިމް އަގީލް އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ސޮލާހު އެވެ.
މިދިޔަ އަހަރު ސެމީ ފައިނަަލަށް ދަތުުރުކުރި ބަދަހިން ރޭ ކުޅުނު މެޗުގައި ތައުލީމީ ގުޅުން އަތުން މޮޅުވީ 5-2 އިންނެވެ. ބަދަހި ޓީމުގެ ލަނޑުތައް ޖެހީ، އަހުޒަމް ރަޝީދު (އަހު) އާއި ޔޫސުފް ސިދާމް އަލީ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޒާދު މުހައްމަދު ހާލިދު ގޯލެކެވެ. ތައުލީމީ ގުޅުމުގެ ލަނޑުތައް ޖެހީ، މޫސާ ސުހެެއިލް އާއި މުހައްމަދު އިކުރާމް އެވެ.
ބިނާރާ - ކްލަބް 220
ކުޅިވަރު ވުޒާރާ - ފިނޭންސް
ކްރިމިނަލް ކޯޓު - ފިޝަރީސް
އެމްއެމްއޭ - ކްލަބް ބީސީސީ
Comment