24 ސެޕްޓެންބަރު 2025 - 14:30 0
މުހައްމަދު ޝަހްޒާން
ވިލުފުށީގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެންބަރު 2025 - 14:30 0
ތ. ވިލުފުށީގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ މާޗު 12 ގަ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 105.1 މިލިއަން ރުފިޔާ އަށެވެ.
އޭގެ ފަސް މަސްދުވަސް ފަހުން އެ ހޮސްޕިޓަލުގެ ބިންގާ އެޅީ މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަށުގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އެވެ.
ހޮސްޕިޓަލުގެ އިތުރުން އެ ރަށުގައި ގާއިމު ކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ މިއަދު ހަވާލު ކުރި އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އަދި ވިލުފުށީގައި ގާއިމު ކުރާ ބީއެމްއެލް ގޮފީގެ އިމާރާތުގެ ބިންގާ ވެސް މިއަދު އޮތް ރަސްމިއްޔާތުގައި އެޅި އެވެ. އެ އިމާރާތުގެ ބިންގާ އެޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment