Advertisement

ކަނޑަށް ބޭރުވެފައިވާ ތެޔޮތަކެއް ފުލިދޫއަށް ލައްވާތީ ކަންބޮޑުވުން

24 ސެޕްޓެންބަރު 2025 - 13:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލިދޫ ގޮނޑުދޮށަށް ތެޔޮތަކެއް ލައްވެފައި -- ފޮޓޯ: ސުޖާއު އަލީ


ކަނޑަށް ބޭރުވެފައިވާ ތެޔޮތަކެއް ފުލިދޫއަށް ލައްވާތީ ކަންބޮޑުވުން

24 ސެޕްޓެންބަރު 2025 - 13:31 0

ކަނޑަށް ބޭރުވެފައިވާ ތެޔޮތަކެއް ވ. ފުލިދޫގެ ގޮނޑުދޮށަށް ލައްވާން ފަށައިފި އެވެ.

އެ އަތޮޅު ކައުންސިލުގެ ރައީސް، ސުޖާއު އަލީ ވިދާޅުވީ އެ ތެލަކީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބޯޓަކުން ކަނޑަށް ބޭރުވެފައިވާ ތެޔޮ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ތެޔޮތައް މުޅި އެ ސަރަހައްދުގެ ކަނޑުއޮޅިއަށް ވެސް ފެތިރިފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"މި ސަރަހައްދުން ދިޔަ ބޯޓަކުން އަޅާލާފައިވާ ތެޔޮތަކެއް ކަމަށް ބޮޑަށް ބެލެވެނީ، ވަރަށް ބައިވަރު ތެޔޮ އެއީ، މުޅި ކަނޑިއޮޅިއަށް ވެސް ފެތުރިފައި އޮތީ، މިހާރު ރަށުގެ ގޮނޑުދޮށަށް ލައްވަމުން އެ ދަނީ،" ސުޖާއު ވިދާޅުވި އެވެ.

އެނާ އެ ރަށަށް ތެޔޮތައް ލައްވަމުންދާ މައްސަލަ އެމްއެންޑީއެފްއަށް މިހާރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަން ހައްލު ކުރުމަށްޓަކައި ސިފައިން އަމަލު ކުރާނެ ގޮތުގެ ހަބަރެއް ލިބިފައި ނުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

ތެޔޮތައް ލައްވަމުންދާ ސަރަހައްދަކީ ފުލިދޫއަށް ދާ ފަތުރުވެރިން އާންމުކޮށް ބޭނުންކުރާ ސަރަހައްދު ކަމަށް ވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ފުލިދޫގެ އެ ސަރަހައްދަކީ ފަތުރުވެރިން އައިސް މިޔަރު ބެލުމާއި މަޑި ބެލުމާއި އެކި ކަންކަމަށް ބޭނުން ކުރާ ސަރަހައްދެއް، ދެން އެ ސަރަހައްދު އެ މީހުން ބޭނުން ކުރަނީ ކައުންސިލަށް ލާރި ދައްކައިގެން، އަނެއްކޮޅުން އެ ސަރަހައްދުގައި އުޅޭ މުށި މަހާއި އެހެން ބައެއް މަސްމަހާމެއްސަށް ތެލުގެ ސަބަބުން އަސަރު ކުރާނެތީ ވަރަށް ކަންބޮޑުވުން އެބައޮތް،" ސުޖާއު ވިދާޅުވި އެވެ.