Advertisement

އުރީދޫ ފަން ރަންއާ ގުޅޭ އާޓްވޯކެއް ހެދުމަށް ހަތް އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިފި

23 ސެޕްޓެންބަރު 2025 - 22:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫ ފަން ރަންއާ ގުޅޭ އާޓްވޯކެއް ހެދުމަށް ހަތް އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިފި

23 ސެޕްޓެންބަރު 2025 - 22:29 0

އުރީދޫއިން އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން މި އަހަރުގެ ފަން ރަން ޑިޒައިން ކުރުމުގެ ގޮތުން އާޓް ކޮންޓެސްޓެއް އިއްޔެ ފަށައިފި އެވެ.

ސެޕްޓެމްބަރު 27، ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ކުރިއަށްގެންދާ އެ ކޮންޓެސްޓުގައި ބައިވެރިވުމަށް ފަން ރަންއާ ގުޅޭ އާޓްވޯކް ހެދުމަށްފަހު އޭގެ ސާފު ފޮޓޯއެއް ނުވަތަ ސްކޭން މެއިލްކުރަން ޖެހެނީ [email protected] އަށެވެ.

މެއިލްގައި ކުއްޖާގެ ނަމާއި އުމުރުގެ އިތުރުން ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނަން ޖެހެ އެވެ. އޭގެއިތުރުން އިހުތިޔާރީ ކަމެއްގެ ގޮތުގައި 20 ބަހުގެ ކުރު ކެޕްޝަނެއް ވެސް އާޓްވޯކާ ގުޅޭގޮތުން މެއިލްގައި ހިމެނިދާނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ އެ ކޮންޓެސްޓުގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށްވުރެ ރަނގަޅަށް އެހެން މީހަކު ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.

އާޓް ކޮންޓެސްޓުގެ އިނާމު ހޮވުމާއި އިނާމު ދިނުން:

• އުރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ކުރެހުންތައް ހިއްސާ ކުރާނެ.

• ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް ފަން ކިޓް ލިބޭނެ. (މުބާރާތުގެ މުއްދަތުގައި ލައިކް ގުނާނޏި އުރީދޫގެ ޕޯސްޓްތަކަށް އެކަނި).

އުރީދޫއިން ބުނީ ކުރެހުންތައް ހުންނަން ޖެހޭނީ ކޮމިއުނިޓީ ސްޓޭޑާޑްތަކާ އެއްގޮތަށް ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީއެއް ކަމަށެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވަމުންދާ ތަފާތު ހަރަކާތްތައް ހިމެނޭ ދުވުމެކެވެ. އެ ދުވުން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ދަނީ ބާއްވަމުންނެވެ.