22 ސެޕްޓެންބަރު 2025 - 11:29 0
މުހައްމަދު ޝަހްޒާން
މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
22 ސެޕްޓެންބަރު 2025 - 11:29 0
މ. މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއު އާރްޑީސީއާ ހަވާލު ކުރުމަށްފަހު މިއަދު ވަނީ އެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ.
މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް އާއި މުލަކު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނައުފަލް އަދި އެ ރަށު ކައުންސިލްގެ ރައީސް، އަހުމަދު ޖަމާލް އެވެ.
ނަމަވެސް އެ މަޝްރޫއުއަށް ހަރަދުވާނެ ވަރެއް އަދި އެ މަޝްރޫއުގެ ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އޭގެއިތުރުން މުލަކު ބަނދަރު ބޮޑުކޮށް ނެރު ގާއިމު ކުރުމުގެ މަސައްކަތާއި އެ ރަށުގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް މިއަދު އެޅި އެވެ.
މުލަކު ބަނދަރު ބޮޑުކޮށް ނެރު ގާއިމު ކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އާއި މުލަކު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނައުފަލް އާއި އެ ރަށު ކައުންސިލްގެ ރައީސް، އަހުމަދު ޖަމާލް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.
އެ ރަށުގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް އާއި އެ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނައުފަލް އަދި އެ ރަށު ކައުންސިލްގެ ރައީސް، އަހުމަދު ޖަމާލް އެވެ.
Comment