Advertisement

ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ: އަދާލަތު

21 ސެޕްޓެންބަރު 2025 - 13:56 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން: ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ: އަދާލަތު

21 ސެޕްޓެންބަރު 2025 - 13:56 1

ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އެކްސް ގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން އެހެން ޕާޓީތަކާއެކު އަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެން ވެސް ގަބޫލޫކުރަން،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު "ޓްރެކުން" ކައްސާލާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށެވެ.

ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އޮތްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެ ޒިންމާ އަދާކުރުމަށް އެހެން ޕާޓީތަކާއެކު އަދާލަތު ޕާޓީން މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

މީގެއިތުރުން މި ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން އަންނަ އިމްރާން ވިދާޅުވީ ސަރުކާރު ހަމަ މަގުން ކައްސާލާފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަނެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތެވެ. އެއަށްފަހު އެމްޑީޕީން ދެވަނަ ދައުރަކަށް ވާދަކުރި އިންތިހާބުގައި ވެސް އަދާލަތު ޕާޓީން އޮތީ އެމްޑީޕީއާއެކު ކޯލިޝަންގަ އެވެ.