21 ސެޕްޓެންބަރު 2025 - 13:38 0
ލީވާން އަލީ ނާސިރު
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: ލަންކާގައި ހުއްދައާ ހިލާފަށް ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައި -- ފޮޓޯ: އެމްކިއުއޭ
21 ސެޕްޓެންބަރު 2025 - 13:38 0
ސްރީލަންކާގައި އެހެން ގައުމުތަކާ ގުޅިގެން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް ހިންގާ ޕްރޮގްރާމުތަކުގެ ސެޓިފިކެޓް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ބުނެފި އެވެ.
އެމްކިއުއޭއިން ބުނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ހިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާއިން މަތީގެ ޓާޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެމްކިއުއޭއިން ބުނީ އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދީފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމްކިއުއޭއިން ބުންޏެވެ.
"ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށް. އަދި ސްރީލަންކާގެ ޔުނިވާސިޓީ ގްރާންތްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށްވުރެ މަތީގެ ޕްރޮގްރާމްތަކަށް،" އެމްކިއުއޭއިން ބުންޏެވެ.
އެމްކިއުއޭއިން ގަބޫލުކުރާނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި، ސްރީލަންކަން ޓަޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން، ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ ތައުލީމު ދޭ މަރުކަޒުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.
އެގޮތުން ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ގަސްދުކުރާ މަރުކަޒަކީ އެމްކިއުއޭގައި ބަޔާންކުރާ މިންގަނޑަށް ފެތޭ އަދި އެ އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއް ކަށަވަރު ކުރުމަށް ވަނީ އެދިފަ އެވެ.
Comment