Advertisement

ކްލަބް މޯލްޑިވްސް: ކުޅިވަރު ވުޒާރާ އާއި ފިޝަރީސް އަދި ބީސީސީ އަށް މޮޅެއް

16 ސެޕްޓެންބަރު 2025 - 11:00 0


ކްލަބް މޯލްޑިވްސް: ކުޅިވަރު ވުޒާރާ އާއި ފިޝަރީސް އަދި ބީސީސީ އަށް މޮޅެއް

16 ސެޕްޓެންބަރު 2025 - 11:00 0

ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާ ކްލަބާއި މި ފަަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި ފިޝަރީސް ރެކްރިއޭޝަން ކްލަބާއި ކްލަބް ބީސީސީން ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.

ގްރޫޕް ސީގައި ރޭ ފިޝަރީސް އިން ވަނީ 9-0 އިން ދިވަރު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އަދި، ބީސީސީން ވަނީ 8-1 އިން ދާހިލީ ކްލަބް އަތުން މޮޅުވެފަ އެވެ.

ގްރޫޕް އީގައި ކްލަބް ބިނާރާ އިން 4-3 އިން އެޗްޕީއެސްއެން ބަލިކުރިއިރު، ހެލްތު ރެކްރިއޭޝަން ކްލަބުން ވަނީ 2-1 އިން ބަންޑާރަ ކްލަބް ބަލިކޮށްފަ އެވެ. ގްރޫޕް އެފްގައި، ކުޅިވަރު ވުޒާރާ އިން ވަނީ 7-2 ޓީމު ދަރުމަވަންތަ ހޮސްޕިޓަލް ބަލިކުރިއިރު، ޓީމު ހާރިޖީން ވަނީ 1-0 އިން ކްލަބް އެމްސީއެލްޕީ އަތުން މޮޅުވެފަ އެވެ.

ބީސީސީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު މާއިޝް ރަޝީދު (މާއި) ހެޓްރިކެއްގެ އިތުރުން، މުހައްމަދު އީމާން އަހުމަދު، ހަސަން އާސިމް އަދި މުހައްމަދު ނިހާލް ނަޝީދު އެވެ. އަދި، ދާހިލީ ކްލަބްގެ ލަނޑުތައް ޖަހައިދިނީ ޖަޒްލާން މުހައްމަދު އެވެ. ފިޝަރީސް ޓީމަށް އަޔާން ހަސަން ޝަރީފް ހެޓްރިކެއް ހެދިއިރު، އަރީފް މަމްދޫހު އާއި ހަސަން ޒާހިދު މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު ނިޒާހު އަލީ އާއި މިނިސްޓަރު، އަހުމަދު ޝިޔާމް ގޯލެކެވެ.

ކުޅިވަރު ވުޒާރާ އަށް ރޭގެ މެޗުގައި، ނާއިފް ޝަފީގު (ސީއާރް3) ހަތަރު ގޯލު ޖެހިއިރު، އާލިމް އަބްދުލް ގައްޔޫމު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ އަހުމަދު ސާޖިދު އެވެ. ދަރުމަވަންތަގެ ގޯލުތައް ޖެހީ ބަރާއު އަހުމަދު ޒާހިރު އާއި މުހައްމަދު ޝަފީއު އެވެ. މި ގްރޫޕްގައި، ކުޅުނު އަނެއް މެޗުގައި ޓީމު ހާރިޖީން ވަނީ އެ ޓީމުގެ ކެޕްޓަން، ހުސެއިން ސިނާހު ޖެހި ގޯލެކެވެ. މި މެޗުގައި އެމްސީއެލްޕީން ޖެހި ޕެނަލްޓީއެއް، ހާރިޖީގެ ކީޕަރު، ޒަހްރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފަ އެވެ.

އެޗްޕީއެސްއެން އަށް ރޭގެ މެޗުގައި، އަހުމަދު ޝޫން ވަނީ ހެޓްރިކެއް ހަދައިދީފަ އެވެ. ކްލަބް ބިނާރާގެ ލަނޑުތައް ޖެހީ، އިބްރާހިމް ނާމީ ދެ ގޯލާއި މުހައްމަދު އަނޫފް ނާޝިދު އާއި އަލީ އިރުފާދު ގޯލެކެވެ. ހެލްތުން ބަންޑާރަ ކްލަބް ބަލިކުރިިއިރު، ދެ ލަނޑު ޖެހީ، އަބްދުﷲ މުއާޒް އާދަމް އެވެ. ބަންޑާރަ ކްލަބްގެ ގޯލު ޖެހީ އަލީ ޖަޒީލް އަހުމަދު އެވެ.

ކްލަސިކްގެ ހަތަރު މެޗެއް މިރޭ ކުޅޭނެ އެވެ.