Advertisement

ވެލެންސިއާ އަތުން ބާސެލޯނާ އަށް ތަފާތު ބޮޑު މޮޅެއް

15 ސެޕްޓެންބަރު 2025 - 07:25 0


ވެލެންސިއާ އަތުން ބާސެލޯނާ އަށް ތަފާތު ބޮޑު މޮޅެއް

15 ސެޕްޓެންބަރު 2025 - 07:25 0

ބާސެލޯނާ (ސެޕްޓެމްބަރު 15) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ވެލެންސިއާ އަތުން ތަފާތު ބޮޑުކޮށް 6-0 އިން މޮޅުވެއްޖެ އެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާ އިން ރޭގެ މެޗުގައި ކުޅުނީ ލަމީން ޔަމާލް ނުލަ އެވެ. އަދި، އެންމެ ފަހުން ބޭއްވި ޓްރެއިނިން އަށް ވަގުތަށް ހާޒިރުނުވާތީ ރަފީނިއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިން ނަމަވެސް، ބެންޗުން އަރައި އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން 29 ވަނަ މިނިޓްގައި ލީޑުނެގީ ފާމިން ލޮޕޭޒް ޖެހި ގޯލުންނެވެ. މި ގޯލާ އެކު ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލި ބާސެލޯނާ އިން ދެ ވަނަ ހާފަށް ނުކުތީ، ރޫނީ ބާދްޖީ ބަދަލުގައި ރަފީނިއާ ކުޅެން އަރުވައިގެންނެވެ. ރަފީނިއާ ވަނީ ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓްގައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، ފާމިން ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިދީފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި، ކާމިޔާބުކުރި ފަހު ދެ ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ.

މި މޮޅާ އެކު، ބާސެލޯނާ އިން ލީގުގެ ދެ ވަނަ އަށް ޖެހިލީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ސީޒަން ފެށި ރެއާލް އެވެ. ރެއާލް އަށް ހަަތަރު މެޗުން 12 ޕޮއިންޓް ވަނީ ލިބިފަ އެވެ.