Advertisement

ލިވަޕޫލާއި ބާސެލޯނާ މޮޅުވިއިރު ޗެލްސީ ބަލިވެއްޖެ

about 23 hours 0


ލިވަޕޫލާއި ބާސެލޯނާ މޮޅުވިއިރު ޗެލްސީ ބަލިވެއްޖެ

about 23 hours 0

މިލާން (ޑިސެމްބަރު 10) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލާއި ބާސެލޯނާ އިން ރޭ ކުޅުނު މެޗުތަކުން މޮޅުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

ރަށުންބޭރުގައި އިންޓަ މިލާން އަތުން 1-0 އިން ލިވަޕޫލް މޮޅުވިއިރު، ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ވަނީ 2-1 އިން އައިންޓްރަކްޓް ފްރޭންކްފާޓް އަތުން މޮޅުވެފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން 3-1 އިން ސްލަވިއާ ޕްރާގު ބަލިކުރިއިރު، ބަޔާން މިއުނިކުން ސްޕޯޓިން ލިޒްބަން އަތުން މޮޅުވީ 3-1 އިންނެވެ. އަދި، ޗެލްސީ ވަނީ 2-1 އިން އެޓަލަންޓާ އަތްދަށުވެފަ އެެވެ.

ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓަށް މީޑިއާގައި ފާޑުކިޔުމުން ރޭގެ މެޗަށް އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ނުނަގަ އެވެ. މި މެޗުގައި، ލިވަޕޫލް މޮޅުވި ގޯލަކީ، 88 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލެކެވެ. މިއީ، ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ޖޯޒީގައި އޭރިއާތެރެއިން އިންޓަގެ އަލެސަންދްރޯ ބަސްޓޯނީ ހިފެހެއްޓުމުން ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި، ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ އިންޓަގެ ލަޓައުރޯ މާޓިނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުއްޓުވައިފަ އެވެ.

ބާސެލޯނާ ދަނޑުގައި މެޗުގެ 21 ވަނަ މިނިޓްގައި އަންސްގާ ކްނައުފް ޖެހި ގޯލުން އައިންޓްރަކްޓް ފްރޭންކްފާޓުން ލީޑުނެގިއިރު، ބާސެލޯނާ އިން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ތިން މިނިޓް ތެރޭ ޖޫލްސް ކޫންޑޭ ޖެހި ދެ ގޯލުންނެވެ.

އެޓަލަންޓާ ދަނޑުގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފުގައި އެޓަލަންޓާ އިން ނަތީޖާ އަނބުރާލިއިރު ލަނޑުތައް ޖެހީ ޖިއަންލޫކާ ސްކަމާކާ އާއި ޑި ކަޓަލެއާ އެވެ.

ޓޮޓެންހަމް އިން ސްލަވިއާ ކޮޅަށް ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ފުރަތަަމަ ހާފުގައި ސްލަވިއާގެ ޑޭވިޑް ޒީމާ އަތުން ބައިކޮޅަށް ވަން ގޯލުން ޓޮޓެންހަމް އިން ލީޑުނެގި މި މެޗުގައި ދެ ވަަނަ ހާފުގައިދެ ޕެނަލްޓީން އެ ޓީމުން ދެ ލަނޑު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ޒަަވީ ސިމޯންސް އާއި މުހައްމަދު ކުޑޫސް އެވެ.

ބަޔާންގެ ޖޯޝުއާ ކިމިކް އަތުން ބައިކޮޅަށް ވަން ގޯލުން ސްޕޯޓިން އިން ލީޑުނެގި މެޗުގައި ބަޔާން އިން ވަނީ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެެވެ. ސާޖް ގްނަބްރީގެ ގޯލުން ބަޔާން އެއްވަރުކުރިއިރު، މޮޅުވި ލަަނޑުތައް ޖެހީ ޒުވާން ތަރި، ލެނާޓް ކާލް އާއި ޑިފެންޑަރު ޖޮނަަތަން ޓާ އެވެ.

ރޭގެ ނަތީޖާތަކާ އެކު، ބަޔާނުން ޗެމްޕިއަންސް ލީގުގެ ލީގު ބުުރުގެ ދެ ވަނަ އަށް ޖެހިލިއިރު، އެޓަލަންޓާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އަދި، ލިވަޕޫލް އަށް ވަަނައިގައި އޮތްއިރު، ޓޮޓެންހަމް އޮތީ ނުވަ ވަނައިގަ އެވެ.