Advertisement

ދޮންފަނު އިހުތިޖާޖު: ހަނިފަރަށް ފީނަން ދިޔުމުން ހުރަސްއަޅައިފި

12 ސެޕްޓެންބަރު 2025 - 20:43 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދޮންފަނު ރައްޔިތުން ކުރާ އިހުތިޖާޖުގެ ތެރެއިން


ދޮންފަނު އިހުތިޖާޖު: ހަނިފަރަށް ފީނަން ދިޔުމުން ހުރަސްއަޅައިފި

12 ސެޕްޓެންބަރު 2025 - 20:43 1

ބ. ދޮންފަނު ފަރަށް (ހަނިފަރު ބޭ) އަށް ފީނަން ދިޔުމުން ދޮންފަނުގެ ބިން ހިއްކުމަށް ތާއީދުކުރާ އެ ރަށުގެ ބައެއް ރައްޔިތުން އިހުތިޖާޖުކޮށް ފީނަން ހުރަސް އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަނިފަރަށް ފީނަން ދިޔަ މީހުންނަށް ހުރަސް އެޅީ ދޮންފަނުން އައި ދޯންޏެއްގައި ތިބި ބައެކެވެ.

ދޮންފަނުން އައި ދޯނީގައި ތިބި މިހުން ވަނީ އެތަނަށް ފީނަން އައި ފަތުރުވެރިންނަށް ހުރަސް އަޅައި އެތަނަން ފީނަން ނޭރޭނެ ކަމަށް ބުނެފަ އެވެ.

ދޯނީގައި ތިބި މީހުން ހިފައިގެން ތިބި ޕޯސްޓަރުގައި ލިޔެފައި ވަނީ ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށް ގޮވާލާފަ އެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން އެ ރަށުގެ ރައްޔިތުން އެދިފައިވާތީ އެކަން އެގޮތަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި އިއުލާންކުރައްވާފަ އެވެ.

ނަމަވެސް ދޮންފަނު ކައުންސިލުން ބުނީ އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ދޮންފަނުގެ ބިން ހިއްކުމަށް ކަމަށާއި ބިންހިއްކަން އަލުން ސަރުކާރު ނިންމަންދެން ކަނޑުމަތީގައި ހަނިފަރަށް ފީނަން ވެސް ނޭރެވޭ ގޮތަށް މުޒާހަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

"މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށްއޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ވަނީ ނިންމާފައި،" ދޮންފަނު ކައުންސިލުން ބުނެފައި ވެ އެވެ.

ދޮންފަނު ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދަން މުއިއްޒު ނިންމެވީ ވަރަށް ގިނަ ފާޑުކިޔުން އެކަމަށް އަމާޒުވި ފަހުންނެވެ. ފާޑުކިޔުން އަމާޒުވި ސަބަބަކީ، ދޮންފަނުން ބިން ހިއްކައިފި ނަމަ އެ ރަށާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރު ބޭ ހަލާކުވާނެތީ އެވެ. ހަނިފަރު ބޭއަކީ ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެއީ ދުނިޔޭގައި ވެސް އެންމެ ގިނައިން އެންމަޑި ޖަމާވާ ތަނެވެ.

ދޮންފަނު ފަޅު ހިއްކުމުގެ ޕްރޮޖެކްޓު މުއިއްޒު އިއުލާނު ކުރެއްވީ އޯގަސްޓު 13، ގައި އެ ރަށުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެ ފަޅުން 13 ހެކްޓަރު ހިއްކާނެ ކަމަށެވެ. ނަމަވެސް، ފަހުން އެ މަޝްރޫއު ކެންސަލް ކުރެއްވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެވެ.

ދޮންފަނު ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިން ހިއްކުން ހުއްޓާލަން މުއިއްޒު ނިންމެވީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.