Advertisement

ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލައިފި

11 ސެޕްޓެންބަރު 2025 - 15:17 0


ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލައިފި

11 ސެޕްޓެންބަރު 2025 - 15:17 0

ކޮލޮމްބޯ، ސްރީލަންކާ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔާތްތައް ކަނޑާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި އިނާޔަތްތައް ކަނޑާލުމަށް ތާއިދުކޮށް 151 މެންބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

މި ނިންމުމާއެކު އެ ގައުމުގެ ކުރީގެ ރައީސުންނަށް ދެމުންދާ ހައުސިން، ޕެންޝަން، ދަތުރުފަތުރުގެ ހަރަދު، އެލަވަންސްތައް އަދި އޮފީސް ހިންގުމަށް ދޭ ފައިސާ އެއްކޮށް ކަނޑާލާނެ އެވެ.

މިވަގުތު ލަންކާގައި ކުރީގެ ރައީސުންގެ ގޮތުގައި ފަސް ބޭފުޅުން އެބަތިއްބެވި އެވެ.

އިނާޔަތްތައް ކަނޑާލުމަކީ މިހާރުގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔެކެގެ އިންތިހާބީ ވައުދެކެވެ.