Advertisement

އަލީބާބާ.ކޮމް ގައި ދިވެހިންނަށް އެކައުންޓު ހުޅުވޭ ގޮތް ހަދަނީ

10 ސެޕްޓެންބަރު 2025 - 14:00 2

އަލީބާބާ.ކޮމްގެ އޮފީސް އިމާރާތެއް: އަލީބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް --- ފޮޓޯ: ގެޓީ އިމޭޖަސް


އަލީބާބާ.ކޮމް ގައި ދިވެހިންނަށް އެކައުންޓު ހުޅުވޭ ގޮތް ހަދަނީ

10 ސެޕްޓެންބަރު 2025 - 14:00 2

ޗައިނާގެ ބިޔަ އީ-ކޮމާސް ކުންފުނި، އަލީބާބާ.ކޮމް ގެ ޕްލެޓްފޯމްގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިންނަށް ސެލާ އެކައުންޓުތައް ހުޅުވޭނެ ގޮތް ފަހިވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަލީބާބާގެ މާހިރުން އައިސް މައުލޫމާތު ދޭ ވާކްޝޮޕެއް އަންނަ ހަފުތާގެ އަންގާރަ ދުވަހު އޮންނާނެ ކަމަށް އިއުލާންކުރައްވަމުންނެވެ.

އެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އޮންލައިން ވިޔަފާރި ކުރާ މީހުންނަށާއި އެ ވިޔަފާރިއަށް ވަންނަން ޝައުގުވެރިކަން ހުރި މީހުންނަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، މި ވާކްޝޯޕުން ބައިވެރިންނަށް އޮންލައިން ވިޔަފާރީގެ މައުލޫމާތު ދިނުމާ އެކުއެކީ، އެ ބައިވެރިންނަށް އަލީބާބާގައި ވިޔަފާރިކުރެވޭނެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ.

"މި ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމް ގެ ޕްލެޓްފޯމުގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓު ހުޅުވޭނެ ފުރުސަތު ފަހިވެގެން ދާނެ،" އޭނާ ލިޔުއްވާފައި ވެ އެވެ.

މިއީ ދުނިޔޭގެ ބޮޑެތި އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓުތައް ހުޅުވޭނެ ގޮތް ހަދައިދީ، އެ ޕްލެޓްފޯމްތަކުން ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ލިބޭ ފުރުސަތެއް ކަމަށް ސައީދު ވިދާޅުވި އެވެ.

އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދޭން ވައުދު ވިޔަސް، މިހާތަނަށް މިކަމުގައި ސަރުކާރަކަށް މާ ބޮޑު ކުރިއެރުމެއް ނުހޯދެ އެވެ. އެހެން ގެންނަން މަސައްކަތް ކުރި އެއް ޕްލެޓްފޯމަކީ ޕޭޕަލް އެވެ. ނަމަވެސް މިހާތަނަށް ޕޭޕަލް ގެ ހިދުމަތްތައް ނުގެނެ ވެ އެވެ.