Advertisement

މި އަހަރު ބޮޑުކުރަން ބުނި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އަދިވެސް މަޝްވަރާކުރަނީ

11 ސެޕްޓެންބަރު 2025 - 10:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ނާސިހް: ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


މި އަހަރު ބޮޑުކުރަން ބުނި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އަދިވެސް މަޝްވަރާކުރަނީ

11 ސެޕްޓެންބަރު 2025 - 10:46 0

މި އަހަރު ބޮޑުކުރަން ބުނި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އަދިވެސް ކުރިއަށްދަނީ މަޝްވަރާ ކުރުމާއި އެކަމާ ގުޅިގެން ހިންގާ ފަންނީ މަސައްކަތްތައް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.

ނާސިހް އަދަދު އަށް ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕޭ ކޮމިޝަނުން ކަމަށާއި އެ ކޮމިޝަނުން އެކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

"ޕޭ ކޮމިޝަނުން އެ މަސައްކަތް ކުރަމުންދަނީ. ފުޅާ ދާއިރާއެއްގައި މަޝްވަރާ އެބަކުރޭ. އަޅުގަނޑުމެންނާ ވެސް ބައްދަލުކުރި،" އޭނާ ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ ޕޭ ކޮމިޝަނުން އެކި އޮފީސްތަކާއި ވެސް މަޝްވަރާތައް ކުރުމަށްފަހު މުސާރަތައް ބޮޑުކުރުމާ ގުޅޭ ފަންނީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި އެއަށްފަހު މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސާވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިއްވި ރިޔާސީ ބަޔާނުގަ އެވެ.

"އަޅުގަނޑު ވައުދުވެފައިވާ ފަދައިން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެކަމަށްވެސް ގަބޫލްކުރަން. އިރާދަކުރެއްވިއްޔާ މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސް މުވައްޒަފުންނާ ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު، އެކި ދާއިރާތަކުން މުސާރަ އެއް ހަމަ ކުރުމަށް 500 މިލިޔަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އަހަރު ނިމެން ތިން މަހަށް ވެފައިވާއިރުވެސް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްފައެއް ނުވެ އެވެ.