9 ސެޕްޓެންބަރު 2025 - 14:07 0
9 ސެޕްޓެންބަރު 2025 - 14:07 0
ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ކުރަން ނިންމުމާ ގުޅިގެން އާންމުންގެ ހުރި ހިތްހަމަނުޖެހުންތައް ފަޅައިގެން ގޮސް ކޮރަޕްޝަނާއި ދުރު, ހާމަކަން ބޮޑު ދައުލަތެއް ބިނާ ކުރުމަށް ގޮވާލައި ޒުވާނުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދީފި އެވެ.
ބޮޑުވަޒީރު ޝަރުމާ އިސްތިއުފާ ދެއްވަން ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ މުޒާހަރާތަކުގައި 19 މީހުން މަރުވެ, މުޒާހަރާގެ 400 އަށް ވުރެ ގިނަ ބައިވެެރިންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.
މުޒާހަރާތަކާ މެދު ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް، އެފަދަ މުޒާހަރާތަކެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް އަމަލުތައް ދިފާއު ކުރެއްވި އެވެ.
ނޭޕާލްގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާ ތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބުނު މީހުންގެ އާއިލާ ތަކަށް އެ ގައުމުގެ ސަރުކާރުން ބަދަލުދޭނެ ކަމަށެވެ.
މިއީ ނޭޕާލްގެ ސަރުކާރާ ދެކޮޅަށް މިފަހުން ބޭއްވި އެންމެ ބޮޑު މުޒާހަރާތަކެވެ.
Comment