Advertisement

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ނުކުރުމަށް ނިންމައިފި

9 ސެޕްޓެންބަރު 2025 - 12:02 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ނުކުރުމަށް ނިންމައިފި

9 ސެޕްޓެންބަރު 2025 - 12:02 0

ނޭޕާލުން އެ ގައުމުގައި ސޯޝަލް މީޑިއާގެ ހިދުމަތްތައް ބޭން ކުރުމަށް ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

ނޭޕާލްގެ ސަރުކާރުން މިގޮތައް ނިންމާފައި މިވަނީ އެ ގައުމުުގައި ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާތަކަށް ފަހު އެވެ. މި މުޒާހަރާތަކުގައި 19 މީހުން މަރުވެ, މުޒާހަރާގެ 400 އަށް ވުރެ ގިނަ ބައިވެެރިންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ.

ނޭޕާލް ސަރުކާރުގެ ތަރުޖަމާނު އަދި މުވާސަލާތާ އިންފޮމޭޝަން ޓެކްނޮލޮޖީ ވަޒީރު ޕްރިތްވީ ސުއްބާ ގުރުންގު ވިދާޅުވީ ސަރުކާރުން ސޯޝަލް މީޑިއާގެ ހިދުމަތްތައް ބޭން ކުރުމަށް ނިންމި ނިންމުން އުވާލާފައި ވާ ކަމަށެވެ.

"އަޅުގަނޑުމެން ސޯޝަލް މީޑިއާ ބޭން އުވާލައިފިން. މިހާރު އެ ހިދުމަތްތައް ކުރިއެކޭ އެއްގޮތައް ލިބެމުންދާނެ" ގުރުންގް ރޮއިޓާސް އަށް ވިދާޅުވި އެވެ.

ނޭޕާލްގެ ސަރުކާރުން ކުރިން ނިންމާފައިވަނީ އެ ގައުމުގައި ހިދުމަތް ދެވޭނީ, ހަމައެކަނި އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މުވާސަލާތީ ހިދުމަތްތަކަށް އެކަނި ކަމަށެވެ. ނޭޕާލްގައި ސޯޝަލް މީޑިއާގެ ހިދުމަތްތައް ބޭން ކުރަން ނިންމުމުން, އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީ ކުރި ސޯޝަލް މީޑިއާ ހިިދުމަތްތަކުގެ ތެރޭގަ ޓިކްޓޮކް، ވައިބާ، ވީޓޯކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ހިމެނެ އެވެ.

އެހެންނަމަވެސް ފޭސްބުކް, އިންސްޓަގްރާމް, ޔޫޓިއުބް ފަދަ އެހެން ހިދުމަތްތަކުން, ސަރުކާރުގެ މި ނިންމުން އުވާލުމާ ހަމައަށް ވެސް ރަޖިސްޓްރީކޮށްފަ އެއް ނުވެ އެވެ.

ނޭޕާލްގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާ ތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބުނު މީހުންގެ އާއިލާ ތަކަށް އެ ގައުމުގެ ސަރުކާރުން ބަދަލުދޭނެ ކަމަށެވެ. އަދި ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ މުޒާހަރާގެ މަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މަރުތަކުގެ ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ނޭޕާލްގައި މި ފަހުގެ ތާރީހެއްގަ ކުރިއަށް ދިޔަ އެންމެ ބޮޑު މުޒާހަރާ އެވެ.