Advertisement

ރަތް ކަނޑު ކޭބަލް ކެނޑުނަސް އުރީދޫ އިންޓަނެޓަށް ބުރުލެއް ނާރާ

9 ސެޕްޓެންބަރު 2025 - 08:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރަތް ކަނޑު ކޭބަލް ކެނޑުނަސް އުރީދޫ އިންޓަނެޓަށް ބުރުލެއް ނާރާ

9 ސެޕްޓެންބަރު 2025 - 08:10 0

ރަތް ކަނޑުގެ ސަބްމެރިން ކޭބަލަށް ގެއްލުން ލިބުނަސް އުރީދޫއިން ރާއްޖެއަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް ބުރޫ ނަރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް އެކްސް ގައި ވިދާޅުވީ އުރީދޫގެ ސަބްމެރިން ކޭބަލްތައް ސިންގަޕޫރުފަދަ ރޫޓުތަކާ ކަނެކްޓްވެފައި ހުރުމުން ކަމެއް ދިމާވާ ހާލަތުގައި ވެސް ހައްލުތައް ހޯދޭނެ މަގު ފަހިވެފައި އޮންނަ ކަމަށެވެ.

"އުރީދޫއިން ރާއްޖެއަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް އެއްވެސް ބުރުލެއް ނާރާ. އަޅުގަނޑުމެން ކޭބަލްތައް އެބަހުރި އެކި ރޫޓުތަކުގައި ކަނެކްޓްވެފައި،" އޭނާ ވިދާޅުވި އެވެ.

ރަތް ކަނޑުގެ ސަބްމެރިން ކޭބަލަށް ލިބުނު ގެއްލުމާ ގުޅިގެން އިންޑިއާ، ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ އިންޓަނެޓަށް ވަނީ ބުރޫ އަރާފަ އެވެ.

ރަތް ކަނޑަކީ ޓެލެކޮމިއުނިކޭޝަންގެ މުހިންމު ރޫޓެއް ކަމަށްވާއިރު، އެތަނުން ޔޫރަޕުން އެފްރިކާއަށް އަދި އޭޝިއާއަށް މިސްރު މެދުވެރިކޮށް ވަނީ ގުޅާލާފަ އެވެ. އެއީ މުޅި ދުނިޔޭގެ 17 ޕަސަންޓު އިންޓަނެޓްގެ ޑޭޓާ ދަތުރުކުރަނީ އެ މަގުންނެވެ.

މި ދަނޑިވަޅުގައި ހޫތީންގެ ހަމަލާތައް ރަތް ކަނޑުގައި ވަރުގަދަވެފައިވާއިރު، ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.