Advertisement

އއ. އަތޮޅު މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމަށް ކަނޑައަޅައިފި

8 ސެޕްޓެންބަރު 2025 - 17:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެރިދޫ ކައުންސިލާއި މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް


އއ. އަތޮޅު މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމަށް ކަނޑައަޅައިފި

8 ސެޕްޓެންބަރު 2025 - 17:08 0

އއ. އަތޮޅުގެ މާފަރު ފަޅަކީ އެ އަތޮޅުގެ ފެރިދޫގެ ބައެއް ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުއިއްޒު އެ ނިންމެވުން ނިންމެވީ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއް ދެއްވުމަށް ކަމަށެވެ.

ފެރިދޫގެ ބައެއް ގޮތުގައި ކަނޑައެޅި މާފަރު ފަޅުގައި ފެރިދޫގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ގާއިމުކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓް 19، ގަ އެވެ.

އެ ދުވަހު ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ ފެރިދޫގެ ތަރައްގީގެ މުސްތަގްބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އެހެންވީމާ، ތިޔަބޭފުޅުންގެ މި ރަށުގެ، ފެރިދޫގެ ތަރައްގީގެ މުސްތަގްބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން، މާފަރު ފަޅު، ފެރިދޫގެ ބައެއް ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް، އެ ފަޅުގައި ގާއިމުކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެ ނިންމެވުން މުއިއްޒު ނިންމެވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.