Advertisement

މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބްރިޖުގެ އެއް ލޭނު ބަންދު ކުރަނީ

7 ސެޕްޓެންބަރު 2025 - 21:00 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ އާއި ހުޅުމާލެ އާ ދެމެދު އޮންނަ ސިނަމާލެ ބްރިޖު -- ފޮޓޯ: އަދަދު


މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބްރިޖުގެ އެއް ލޭނު ބަންދު ކުރަނީ

7 ސެޕްޓެންބަރު 2025 - 21:00 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓު ކުރުމަށް މާދަމާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ކުރިއަށް ގެންދާ ވަގުތު ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރަން ނިންމައިފި އެވެ.

އެއާޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރި ވާންޖެހޭ ގޮތާއި އެފަދަ ހާދިސާއެއްގެ ވަގުތުގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ހިންގާ އެ އެކްސަސައިޒް ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 7:30 ގެ ނިޔަލަށެވެ. އެ އެކްސަސައިޒް ކުރިއަށްދާ ވަގުތު އެއާޕޯޓުގެ ރަންވޭ ވެސް އެއް ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ނަމަވެސް އެ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރަން އެމްއޭސީއެލުން ނިންމާފައި ވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. އެއާޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒްއަކީ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ދުނިޔޭގެ ކޮންމެ އެއާޕޯޓެއްގައި ވެސް ކުރިއަށް ގެންދިޔުން ލާޒިމު އެކްސަސައިޒެކެވެ.

އެ އެކްސަސައިޒް ކުރިއަށް ގެންދާ ވަގުތު، އެކަމާ ގުޅޭ ބައެއް ހަރަކާތްތައް މާލެ އާއި ހުޅުމާލެއިން ވެސް ފެނިގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެގޮތުން ޒަހަމުވެފައިވާ ކަމަށް ދައްކުވައިދޭ ފަސިންޖަރުން އައިޖީއެމް އަދި ހުޅުމާލެ ހޮސްޕިޓަލަށް ގެންދާނެ ކަމަށާއި އެކަމާމެދު ކަންބޮޑުނުވުމަށް އެމްއޭސީއެލުން ވަނީ އެދިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒްގައި ސިފައިންނާއި ފުލުހުންގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓާއި މާލެ ސިޓީ ކައުންސިލް އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބައިވެރިވާނެ އެވެ.

އެއާޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ގެންދިޔަ ނަމަވެސް އެއާޕޯޓުގެ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.