Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަނުކޮށްފި

7 ސެޕްޓެންބަރު 2025 - 13:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިވިލް ސާވިސް ކޮމިޝަނަށް ތިން މެންބަރުން އައްޔަނުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް


ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަނުކޮށްފި

7 ސެޕްޓެންބަރު 2025 - 13:45 0

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރަކަށް އައްޔަނުކުރީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާ އެވެ.

އެ ތިން މެންބަރުންގެ މެންބަރުކަމުގެ ހުވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ލައިދެއްވިއިރު، އެ މެންބަރުންނާ މުއިއްޒު ވަނީ ލިޔުން ހަވާލުކުރައްވާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ހަ ނަމެއް މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.

އެ ހަ ނަމުގެ ތެރެއިން ތިންވަނައަށް މުއިއްޒު އިސްކަންދެއްވި ޑރ. ދީބާ މޫސާއަކީ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންނެވެ. އެގޮތުން މަޖިލީހުން ވަނީ އޭނާ ހިމެނޭ ގޮތަށް މުއިއްޒު ފޮނުވި ތަރުތީބަށް ތިން ބޭފުޅުން ވެސް ސިވިލް ސާވިސް ކޮމިޝަނަށް އައްޔަނުކުރަން ފާސްކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެންބަރު އައްޔަން ކުރުމުގެ ކަންކަން ކުރިއަށްގެންދާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު ތިން މަގާމަށް މީހުން އައްޔަންކުރާ މީހުން ކަނޑައަޅަނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.