Advertisement

އުރީދޫގެ "ޓްރަބަލް މޭކާސް" ރާއްޖޭގައި، ދިމާވިތަ؟

7 ސެޕްޓެންބަރު 2025 - 10:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ "ޓްރަބަލް މޭކާސް" ރާއްޖޭގައި، ދިމާވިތަ؟

7 ސެޕްޓެންބަރު 2025 - 10:21 0

އުރީދޫ ގްރޫޕް ކެމްޕެއިންގައި ހިމެނޭ "ޓްރަބަލް މޭކާސް" ރާއްޖެ އައިސް، އެ ކެމްޕެއިން ރާއްޖޭގައި ފަށައިފި އެވެ.

އުރީދޫގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް، މަރިޔަމް ޝިއުނާ ހަމީދު އަދަދު އަށް ވިދާޅުވީ ޓްރަބަލް މޭކާސް ރަމްޒުކޮށްދެނީ ހިދުމަތްތައް ބޭނުންކުރާއިރު ދިމާވާ ދަތިތައް ކަމަށެވެ.

"ޓްރަބަލް މޭކާސްއަކީ އަޅުގަނޑުމެންގެ ހިދުމަތް ބޭނުންކުރާއިރުގައި ލެގްވެ، ނޫނިއްޔާމުން ސްލޯވެ ދިމާވާ ކަނަކަން މި ރަމްޒުކޮށްދެނީ މިކަހަލަ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

ކެމްޕެއިނުން ދައްކުވައި ދެނީ ޓްރަބަލް މޭކާސްގެ ޓްރަބަލްތަކުން ސަލާމަތްކޮށްދެނީ އުރީދޫ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެ ގޮތުން ޝިއުނާ ވިދާޅުވީ ގޭމް ކުޅޭއިރު ވެސް ނުވަތަ އެހެން ކަމެއް ކުރާއިރުވެސް ހިދުމަތަށް އަރާ ބުރޫތަކުން ސަލާމަތްވަނީ އުރީދޫ ހިޔާރުކުރާ ހިސާބުން ކަމަށެވެ. ޓްރަބަލް މޭކާސް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވެ އެވެ.

ޓްރަބަލް މޭކާސް ރާއްޖެ އައީ ގަތަރުގެ ދޯހާއިންނެވެ. އުރީދޫ ގްރޫޕްގެ މައި ހެޑް އޮފީސް ހުންނަނީ ދޯހާގަ އެވެ. ކްމެޕެއިނުގެ ދަށުން އުރީދޫ ގްރޫޕުން އަންނަނީ އެ ކުންފުނިން ހިދުމަތް ދޭ ގައުމުތަކަށް ޓްރަބަލް މޭކާސް ފޮނުވަމުންނެވެ.