Advertisement

ބ. އަތޮޅު ރިސޯޓެއްގައި މަރުވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

5 ސެޕްޓެންބަރު 2025 - 14:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަރުވެފައި އޮއްވާ ފެނުނު އަދީލް: އޭނާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލީ މިއަދު ހެދުނު ---


ބ. އަތޮޅު ރިސޯޓެއްގައި މަރުވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

5 ސެޕްޓެންބަރު 2025 - 14:35 0

ބ. އަތޮޅު ނޮޓިލަސް ރިސޯޓުގައި މަރުވެފައި އޮއްވައި ފެނުނު ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު، 21، އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި އެވެ.

އަދީލްގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވީ ސެޕްޓެމްބަރު 2، ގަ އެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނެސް ވަޅުލީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގަ އެވެ.

އިތުބާރު ހިފޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އޮގަސްޓް 22، ގައި އަދީލް މަރުވީ ރިސޯޓުގެ ލޯންޗުގައި ދަންޖެހިގެންނެވެ. އޭނާގެ މަރާ ގުޅިގެން އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމީ ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އަދީލްގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމީ އޭނާ މަރުތިވާ ހަފުތާއެއް ފަހުން ކަމަށް އޭނާގެ އާއިލާއިން މީގެ ކުރިން ބުނެފައިވެ އެވެ. އަދީލްގެ ބޭބެ އަސްލަމް އަހުމަދު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުންނުވާ ކަމަށެވެ.

"ތަހުގީގު ކުރާކަށެއް ބޭނުމެއް ނޫން. ތަހުގީގު ކޮށްގެން މި ރާއްޖޭގައި އެއްވެސް ބަޔަކަށް ނެތް ފައިދާއެއް ވެފައި. ބޭނުން ނުވަނީ މި މީހުންނަކަށް ނޭނގޭ ޝައްކު ކުރެވޭ މީހަކު. އެއްވެސް ކަހަލަ އެވިޑެންސެއް ނެތް. އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ތަހުގީގުތަކަށް އިތުބާރު ނުކުރާ ކަމަށް ބުނެ ޝައްކު ކުރެވޭ ފަދަ ބައެއް މަރުގެ މައްސަލަތަކުގައި، މަރުވި މީހުންގެ އާއިލާއިން އޮޓޮޕްސީ ހެދުމާއި ދެކޮޅު ހަދާފައިވެ އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަށް އޮޓޮޕްސީ ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބެ އެވެ.