Advertisement

މިދިޔަ މަހު ވޭޕް ޖޫރިމަނާއިން 150،000ރ. ހޯދައިފި

1 ސެޕްޓެންބަރު 2025 - 15:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މިދިޔަ މަހު ވޭޕް ޖޫރިމަނާއިން 150،000ރ. ހޯދައިފި

1 ސެޕްޓެންބަރު 2025 - 15:11 0

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކޮށް، ގެންގުޅެ އަދި ވިއްކުމުގެ ތަފާތު 11 މައްސަލައެއްގެ ތުހުމަތުގައި 30 މީހަކު 150،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ޖޫރިމަނާކުރި 30 މީހުންގެ ތެރޭގައި ހިމެނެނީ ވޭޕް ގެންގުޅުނު 16 މީހުންނާއި ވޭޕް ބޭނުންކުރި 14 މީހެއް ކަމަށެވެ.

އެގޮތުން ވޭޕް ގެންގުޅުނު 16 މީހުން 65،000ރ. އިން ޖޫރިމަނާ ކުރިއިރު، ވޭޕް ބޭނުންކުރި 14 މީހުން 85،000ރ. އިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.