1 ސެޕްޓެންބަރު 2025 - 14:32 0
ލީވާން އަލީ ނާސިރު
1 ސެޕްޓެންބަރު 2025 - 14:32 0
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މެދުވެރިކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ޑްރަގް ޓެސްޓު ހެދުމަށް އެއްބަސްވެއްޖެ އެވެ.
އެންޑީއޭއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސީއޭއޭއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ސީއޭއޭގެ ލައިސަންސް އޮންނަ އެންމެންގެ ރެންޑަމް ޑްރަގް އަދި އަލްކަހޯލް ޓެސްޓު ހެދުމަށް އެހީވެދޭނެ ކަމަށެވެ.
ސީއޭއޭގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ރެންޑަމް ޓެސްޓުތައް ކުރިއަށް ގެންދާނީ ރޭމްޕް އިންސްޕެކްޝަންގެ ތެރެއިން ކަމަށް ގަވާއިދުގައި މިހާރު ލިޔެފައިވެ އެވެ.
އޭގެއިތުރުން ސީއޭއޭއިން މިދިޔަ މެއި މަހުގައި އަމަލުކުރަން ފެށި އައު ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތަށް އެންޑީއޭއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެންޑީއޭއިން ބުންޏެވެ.
ސީއޭއޭގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ޕައިލެޓުން، އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރުން އަދި ފްލައިޓް ކްރޫއިން ހިމެނެ އެވެ.
Comment