Advertisement

އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ސިއްދީގު ހަމަޖައްސައިފި

22 ޑިސެންބަރު 2025 - 12:53 1

އެންޑީއޭ ބޯޑުގެ ބައްދަލުވުން ސިއްދީގު ޗެއާކުރައްވަނީ


އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ސިއްދީގު ހަމަޖައްސައިފި

22 ޑިސެންބަރު 2025 - 12:53 1

ނެޝަނަލް ޑްރަގު އޭޖެންސީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ހަމަޖައްސައިފި އެވެ.

އެންޑީއޭގެ ޗެއާމަންގެ މަގާމު ހުސްވީ ޖޫން 25، 2024 ގައި އެ މަގާމަށް އައްޔަނުކުރި ލުބްނާ ޒާހިރު އޮކްޓޯބަރު 20، 2025 ގައި އެ މަގާމުން ވަކިކުރުމުންނެވެ. އޭރު ލުބުނާ ހުރީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީއަށް ވެސް ބަދަލުކޮށްފަ އެވެ.

ސިއްދީގު އެ މަގާމަށް އައްޔަނުކުރުމަށް ފަހު އިއްޔެ ވަނީ ބޯޑު ބައްދަލުވުމެއް ބާއްވާފަ އެވެ.

އެންޑީއޭ ބޯޑުގެ މެންބަރުން

  • އަހްމަދު ސިއްދީގު - ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު (ޗެއާމަން)
  • ޝިބާނާ އަބްދުالله ދީދީ - ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކްރެޓަރީ
  • އިސްމާއީލް ޒާހިރު - ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު
  • އިސްމާއިލް ރަޝީދު - ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު
  • ފާތިމަތު އައްޒާ - އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް
  • ޑރ. އައިމިނަތު ޝުމްރާ - އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް
  • އަހްމަދު ޝާކިރު - ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހްމަދު ޝާކިރު
  • އަހްމަދު ސިމާހު - ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް
  • ސީނީޒު އަލީ - ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސާ
  • އަހްމަދު އަބްދުއްސައްތާރު - ޖާނީ ޖަމިއްޔާ

މިދިޔަ ސަރުކާރުގައި އެންޑީއޭގެ ބޯޑު އޮތީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. ވެރިކަން ބަދަލުވުމަށް ފަހު މަސްްތުވާތަކެއްޗަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑަޅައި އެންޑީއޭ ހިމެނޭހެން މަސްތުވާތަކެތީގެ ފަރުވާގެ ކަންކަން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.