Advertisement

އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދިން މައްސަލައެއްގައި އެ ތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި

20 ނޮވެންބަރު 2025 - 14:04 4

އަހުމަދު އާއިދު

އަހުމަދު އާއިދު

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ފޮޓޯ އާއި ވަނަވަރު ---


އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދިން މައްސަލައެއްގައި އެ ތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި

20 ނޮވެންބަރު 2025 - 14:04 4

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައެއްގައި އެ އެޖެންސީގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ހައްޔަރުކުރީ ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ ކަމުގެ ތުހުމަތުކޮށް އެންޑީއޭ އިން ނޮވެމްބަރު 4، ގައި ފުލުހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މި މައްސަލަ ތަހުގީގުކޮށް ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕިއާ މެންޓާއެއްގެ ވަޒީފާގައި ހުރި ސ. ހިތަދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51، ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އެވެ.

އޭނާ އިތުރު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައެއް ނުވެ އެވެ. އަދި، ފަސީހު ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމެއް ނުވަތަ އިތުރު ހެއްކެއް ހޯދުނު ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.