31 އޮގަސްޓު 2025 - 21:53 0
ލީވާން އަލީ ނާސިރު
31 އޮގަސްޓު 2025 - 21:53 0
ވިޔަފާރިއެއް ނަގައި ކޮޅަށް ޖެހުމަކީ ބުރަ މަސައްކަތެކެވެ. ހުވަފެންތަކެއް ދެކި، އެތައް ފައިސާއަކާއި ވަގުތެއް ހޭދަކޮށްގެން ކުރާ ބުރަ މަސައްކަތެކެވެ. ހާއްސަކޮށް އެއީ ކެފޭއެއް ނުވަތަ ރެސްޓޯރަންޓެއް ފަދަ ތަނެއް ވިއްޔާ އެކަމަށް ލާ މަސައްކަތް މާ ބުރަވާނެ އެވެ. ދުވަހުން ދުވަހަށް ތަން ބެލެހެއްޓުމާއި، މުވައްޒަފުން ގެންގުޅުމާއި ހިދުމަތުގެ ފެންވަރާއި އަދި ވިކުރާ ބެލެެހެއްޓުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭނެ އެވެ.
ތަނުގެ ރައްކާތެރިކަމަށް ވެސް ފިޔަވަޅުތަކެއް އަޅާނެކަން ކަށަވަރެކެވެ. ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި އެކި ކަހަލަ ހާލަތްތަކަށް މުވައްޒަފުން ތަމްރީނުކުރުމެވެ. އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް އަލިފާން ނިއްވާ ފުޅިއާއި ބްލެންކެޓު ފަދަ ތަކެތި ބެހެއްޓުމެވެ. މި ނޫން ވެސް އެތައް ކަމެކެވެ.
އެކަމަކު އަލިފާނުގެ ހާދިސާތަކުގެ ވާހަކަ ދައްކާ އިރު، ވަރަށް ގިނަ ފަހަރަށް އަޅާނުލައި ދޫކޮށްލެވޭ ކަމެއް އޮވެ އެވެ. އެއީ ފަޔާ އިންޝުއަރަންސް ޕްލޭނެއް ހޯދައި، އެފަދަ ހާދިސާއެއް ކުރިމަތިވާ ފަހަރަކުން ކެފޭ/ރެސްޓޯރަންޓަށް ވެދާނެ ގެއްލުމެއްގެ މާލީ ބުރަ އުފުލަން ނުޖެހޭނެ ގޮތެއް ހޯދުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ ނަމަ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސާހިތަކު މުޅި އިންވެސްޓްމެންޓު ގެއްލި ހިނގައިދާނެ އެވެ. އަލިފާން ނިއްވާ ފުޅިއާއި ބްލެންކެޓުގެ ބޭނުންކޮށްގެން ހުޅުގަނޑެއް ނިއްވާލެވިދާނެ އެވެ. އެކަމަކު މާލީ ގޮތުން އަންނާނެ ބުރައާ މެދު ހަދާނީ ކިހިނެއް ހެއްޔެވެ؟
އެލައިޑް އިންޝުއަރަންސްގެ ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް ޕްލޭނަކީ މިކަމުގެ ހައްލެވެ. އެލައިޑް ތަކާފުލްގެ ދަށުން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ތަކާފުލް ޕްރޮޑަކްޓެއްގެ ގޮތުގައި ވެސް ލިބޭ މި ޕްލޭނަކީ ކެފޭ/ރެސްޓޯރަންޓު ވިޔަފާރި ހިންގާ ކޮންމެ ފަރާތަކަށް ވެސް މުހިންމުވާނެ ޕްލޭނެކެވެ.
މި ޕްލޭނުގެ ދަށުން އިމާރާތާއި އެތަނުގެ ތެޜެގައި ހިމެނޭ މުދާ ނުވަތަ ތަކެތި ވެސް އަލިފާނުގެ ހާދިސާއެއްގައި ހަލާކުވެއްޖެ ނަމަ އެކަމުގެ މާލީ ބަދަލު ލިބޭނެ އެވެ. އެގޮތުން ފިކްސްޗާސް އަދި ފިޓިންގްސް ހިމެނޭހެން އިމާރާތް، ފަރުނީޗަރާއި މުދާ (ގުދަންކޮށްފައި އަދި ވިއްކަން ބަހައްޓާފައި ހުންނަ)، އަދި މެޝިނަރީ ފަދަ އާލާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ އެވެ.
މީގެއިތުރުން އަލިފާނުގެ ހާދިސާއަށް ފަހު ހަލާކުވެފައިވާ ތަކެތި ނެރެ އުކާލުމުގެ ހަރަދާއި، އަދި އާކިޓެކްޓުންނާއި ސާވެޔަރުންގެ މަސައްކަތަށް ދާ ޚަރަދު ވެސް މި ޕްލޭނުގެ ދަށުން ލިބޭނެއެވެ.
މި ޕްލޭނުގައި އަލިފާނުގެ ހާދިސާތަކުގެ އިތުރުން ވެސް، ހޮނު އެޅުމާއި އެއްޗެއް ގޮވުމާއި ފެންބޮޑުވުމާއި ފެން ހޮޅިއެއް ފަޅައިގެން ގޮސް ހިނގާ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކާއި ބަޔަކު ގަސްތުގައި ދޭ ގެއްލުންތަކުގެ މާލީ ބަދަލު ވެސް ލިބޭނެ އެވެ.
1. އަލިފާނުގެ ހާދިސާތައް.
2. ހޮނު އެޅުމުގެ ސަބަބުން ލިބޭ ގެއްލުންތައް.
3. އެއްޗެހި ގޮވުމުގެ ހާދިސާތައް.
4. ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް.
5. ފެން ހޮޅި ފަޅައިގެން ހިނގާ ހާދިސާތައް.
6. ގުދުރަތީ ކާރިސާތައް.
7. ބަޔަކު ގަސްތުގައި ދޭ ގެއްލުންތައް.
ކެފޭ ނުވަތަ ރެސްޓޯރަންޓް ވިޔަފާރިއަކީ ކަރަންޓުގެ ބޭނުންކޮށްގެން އެކިއެކި އާލާތް ބޭނުންކުރާ ތަންތަނެވެ. ބަދިގެތަކުގައި، އަލިފާން މަތީގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ވަދެ ނުކުމެ އުޅޭ ތަންތަނެވެ. ފަޔާ އިންޝުއަރަންސް ނުވަތަ ފަޔާ ތަކާފުލް ޕްލޭނެއް ނެތް ހާލަތުގައި ކުޑަކުޑަ ހާދިސާއެއް ހިނގިޔަސް އެއީ މުޅި ވިޔަފާރި ބަންދުކުރަން ޖެހިދާނެ ފަދަ މާލީ ބުރައަކަށް ވެދާނެ އެވެ.
މި ޕްލޭނުން ކަށަވަރުކޮށްދެނީ ވިޔަފާރީގެ ސަލާމަތެވެ. މާލީ ގޮތުން ރައްކާތެރިކަމާއި، އަދި ސިކުނޑިއަށާއި ހިތަށް ފަސޭހަކަމެވެ. މި ޕްލޭން ބައްލަވައިގަނެގެން ހިތްހަމަޖެހުމާއެކު، ބޮޑު ފިކުރެއް ނެތި ކަސްޓަމަރުންނަށް ހިދުމަތްކުރުމައިގެން ކުރިއަށް ދާންވީ އެވެ.
މިއީ އެލައިޑު އިންޝުއަރެންސްގެ އެޑްވަޓޯރިއަލް އެކެވެ.
Comment