about 20 hours 0
ލީވާން އަލީ ނާސިރު
މާލޭގައި ބޭއްވި އެލައިޑް ފެސްޓްގެ ތެރެއިން -- ފޮޓޯ: ޖަވިޔަނި
about 20 hours 0
މުޖުތަމައުގެ މާލީ ވިލުންވެރިކަމަށް އިސްކަންދީ، އަދި އެކަމަށް ބާރުއަޅާ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން އާއިލީ ގުޅުންތައް ދިރުވައި، އުފާވެރި މާހައުލުތައް އުފައްދައި އަދި މާލީ ރައްކާތެރިކަމާއި ބާރުވެރިކަން ހޯދާ މައުލޫމާތު ފޯރުކޮށްދިނުމަށް މި އަހަރު މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެލައިޑުން 2022 އިން ފެށިގެން "އެލައިޑް ފެސްޓް"ގެ ނަމުގައި މާލޭގައި ބާއްވަން ފެށި އާއިލީ ހަވީރުތައް މި އަހަރު އިތުރު ހަރުފަތަކަށް ވަނީ ގެންގޮސްފަ އެވެ. މިގޮތުން އެލައިޑަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މާލެއިން ބޭރުގައި އެލައިޑް ފެސްޓްގެ ހަރަކާތްތައް ބޭއްވި އެވެ. އަދި މި އަހަރަށް މި ސިލްސިލާގެ ހަރަކާތްތައް ނިންމާލުމަށް މާލޭގައި ދެ ދުވަހުގެ ބޮޑު ހަރަކާތެއް ވެސް ބޭއްވި އެވެ.
ޑިސެމްބަރު 5، އަދި 6 ގައި މާލޭގެ ހެންވޭރު އާޓިފިޝަލް ބީޗުގައި އެލައިޑުން ބޭއްވި އެލައިޑް ފޭސްޓަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ހަރަކާތުގައި އެތައް ކުޑަކުދިންނަކަށް އުފަލާއި މަޖާކޮށްލައި، އެކުދިންގެ ފަންނުވެރިކަން ބޭނުންކޮށްލުމަށާއި އެކި ކުޅިވަރުތައް ކުޅެލައި، އިނާމު ހޯދުމަށް ފުރުސަތު ލިބުނެވެ.
މީގެއިތުރުން އެ ފެސްޓަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުތައް ނަގައި، ނަސީބުވެރިންނަށް ހާއްސަ އިނާމުތަކެއް ވެސް ދިނެވެ.
އެލައިޑް ފެސްޓުގެ އެހެން އެޑިޝަންތަކެކޭ ވެސް އެއްފަދައިން، އިންޝުއަރަންސާއި މާލީ ރޭވުންތެރިކަމާއި ވިލުންވެރިކަމާއި ބާރުވެރިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބޫތުތައް ވެސް އެލައިޑް ފެސްޓްގައި ހުއްޓެވެ.
އެގޮތުން، ފަހަށް ރައްކާކުރުމުގެ މުހިންމުކަމާއި، ކުރިމަތިވެދާނެ ހާދިސާއަކަށް މާލީ ގޮތުން ތައްޔަރުވުމުގެ މުހިންމުކަމާއި އަދި އެކަންކަމަށް އަމާޒުކޮށް އެލައިޑުން ހުށަހަޅާ އިންޝުއަރަންސް އަދި ތަކާފުލް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވަނީ ފޯރުކޮށްދިނެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން އެލައިޑް ފެސްޓް ތަޖުރިބާކޮށްފި އެވެ.
އާންމުކޮށް އަހަރަކު އެންމެ ފަހަރަކު، މާލޭގައި ބާއްވަމުން އައި އެލައިޑް ފެސްޓްގެ 2025 ގެ ސިލްސިލާ ފެށީ، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ރާއްޖޭގެ އެންމެ އުތުރު ސިޓީ، ކުޅުދުއްފުށި ސިޓީން މެއި މަހު އެވެ. އެއަށް ފަހު ޖެހިގެން އައި ޖޫން މަހު އެލައިޑް ފެސްޓް ދެން ދަތުރުކުރީ އެންމެ ދެކުނުން އައްޑޫ ސިޓީއަށެވެ. އެ ދެ ސިޓީގައި ބޭއްވި އެލައިޑް ފެސްޓަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
މީގެއިތުރުން އޯގަސްޓް މަހުގެ ތެރޭގައި އެލައިޑް ފެސްޓް ފުވައްމުލައް ސިޓީގައި ބޭއްވިއިރު، އެ ހަރަކާތުގައި 3،000 އަށްވުރެ ގިނަ އާއިލާ ބައިވެރިވި އެވެ. އެ ހަރަކާތް ވެގެންދިޔައީ މަޖާ، އިޖުތިމާއީ އަދި އުފާވެރި މާހައުލެއް އުފައްދައިދިން ކާމިޔާބު ކާމިޔާބު ހަރަކާތަކަށެވެ.
މި ހަރަކާތްތައް ބޭއްވުމުގައި އެލައިޑްގެ އަމާޒަކީ ދިވެހި އާބާދީއަކީ މާލީ ގޮތުން ޒިންމާދާރު، ވިލުންވެރި އާބާދީއަކަށް ހެދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރުން ކަމަށާއި އެފަދަ ގިނަ އިޖުތިމާއީ ހަރަކާތްތަކެއް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Comment