Advertisement

އެލައިޑް ތަކާފުލްގެ "ފަޔާ ތަކާފުލް" މިހާރު އޮންލައިންކޮށް ނެގޭނެ

14 އޮކްޓޯބަރު 2025 - 10:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއް: އެލައިޑް ތަކާފުލްގެ ފަޔާ ތަކާފުލް އޮންލައިންކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި -- ފޮޓޯ: އަދަދު


އެލައިޑް ތަކާފުލްގެ "ފަޔާ ތަކާފުލް" މިހާރު އޮންލައިންކޮށް ނެގޭނެ

14 އޮކްޓޯބަރު 2025 - 10:40 0

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް އިން "ފަޔާ ތަކާފުލް" އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ފަޔާ ތަކާފުލްއަކީ އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް އޮންލައިން ޕްލެޓްފޯމް "މައި އެލައިޑް" މެދުވެރިކޮށް ނަގާލެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޕްލޭނެކެވެ.

އެލައިޑް ތަކާފުލްއިން ބުނީ އޮންލައިން ހިދުމަތާއެކު ފަޔާ ތަކާފުލް ނަގަން ބޭނުންވާ މީހުންނަށް އަވަހަށް، ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި އެ ހިދުމަތް ލިބޭނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފަޔާ ތަކާފުލް އިން އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން އެ ނޫންވެސް އިތުރު ސަބަބުތަކާއި ހުރެ ލިބިދާނެ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް އެލައިޑް ތަކާފުލް އިން ބުންޏެވެ.

"މިފަދަ ނުރައްކާތަކުގެ ތެރޭގައި، ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލައް ލިބޭ ގެއްލުން، ފެންޓޭންކު ނުވަތަ ފެން ހޮޅިއެއް ފަޅައިގެން ދިއުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުންތައް ހިމެނޭނެ،" އެލައިޑް ތަކާފުލްއިން ބުންޏެވެ.

ބޭކަރީތަކާއި، ރެސްޓޯރެންޓްތަކާއި، ޖިމްތަކާއި، ސެލޫންތަކާއި، ވޯކްޝޮޕްތަކާއި، ގުދަންތަކާއި، ޑައިވް ސެންޓަރުތަކާއި އަދި އެ ނޫން ވެސް ކުދި ވިޔަފާރިތަކަށް މިހާރު ރައްކާތެރިކަން އަވަހަށް އަދި ހެޔޮ އަގެއްގައި އެލައިޑް ތަކާފުލް ޕްލޭންގެ ރައްކާތެރިކަން ލިބެ އެވެ.

އޭގެއިތުރުން ވިޔަފާރިތަކަށް ހާއްސަކޮށް އެލައިޑް ތަކާފުލްގެ ފަޔާ ތަކާފުލް ކަސްޓަމައިޒް ކުރެވެ އެވެ.

އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުން، ކުރިއަށްވުރެ ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އަތްފޯރާފަށަށް ހިދުމަތް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.