Advertisement

ޔަހޫދީންގެ ހަމަލާއެއްގައި ޔަމަނުގެ ހޫސީންގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

31 އޮގަސްޓު 2025 - 10:50 0

ހޫސީންގެ ބޮޑު ވަޒީރު އަހްމަދް އަލް ރަހަވީ. -- ފޮޓޯ: މުހައްމަދު ހުވައިސް/ އޭއެފްޕީ


ޔަހޫދީންގެ ހަމަލާއެއްގައި ޔަމަނުގެ ހޫސީންގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

31 އޮގަސްޓު 2025 - 10:50 0

މިދިޔަ ހަފުތާގައި އިޒްރޭލުގެ ޔަހޫދީން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާއެއްގައި ހޫސީންގެ ސަރުކާރުގެ ބޮޑު ވަޒީރު އަހްމަދު އަލް ރަހަވީ އަވަހާރަކޮށްލައިފި އެވެ.

ހޫސީންގެ އޮފިޝަލަކު ވަނީ އެކަން އަލް ޖަޒީރާ ނޫހަށް ކަށަވަރުކޮށްދީ، ޔަހޫދީންގެ ކިބައިން ބަދަލުހިފާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ހޫސީން ބުނީ އަލް ރަހަވީ އާއި އިތުރު މިނިސްޓަރުންތަކެއް އަވަހާރަވީ ބުރާސްފަތި ދުވަހު އިޒްރޭލުން ސަނާއަށް ދިން ހަމަލާއެއްގައި ކަމަށެވެ.

އަލް ރަހަވީ ބޮޑު ވަޒީރުކަން ކުރެއްވީ ޔަމަނުގައި ހޫސީން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގަ އެވެ. އިޒްރޭލުގެ ހަމަލާގައި ޖުމްލަ މަރުވި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އިޒްރޭލުގެ ނޫސްތަކުން ބުނީ ހަމަލާ އަމާޒު ކުރީ ހޫސީންގެ ބޮޑު ވަޒީރާއި ކެބިނެޓްގެ 12 މިނިސްޓަރުން އެއްވެ ތިބި ތަނަކަށް ކަމަށެވެ.

އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ހޫސީންގެ ޓާގެޓްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. ރައްދުގައި ހޫސީން ވެސް ވަނީ އިޒްރޭލާއި ރަތް ކަނޑުގައި ހަރަކާތްތެރިވާ ހުޅަނގުގެ އުޅަނދުތަކަށް ހަމަލާދީފަ އެވެ.

ހޫސީން ބުނީ އެ ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށާއި އިޒްރޭލުގެ ހަމަލާތަކަށް ފަސްނުޖެހޭނެ ކަމަށެވެ.