24 އޮގަސްޓު 2025 - 07:40 0
24 އޮގަސްޓު 2025 - 07:40 0
މިލާން (އޮގަސްޓް 24) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި، ކެވިން ޑި ބްރޭނާ ޖެހި ގޯލާ އެކު، 2-0 އިން ސަސުއޯލޯ ބަލިކޮށް މޮޅަކުން ފަށައިފި އެވެ.
ރަށުންބޭރުގައި ނަޕޯލީން ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ.
ނަޕޯލީން ލީޑުނެގި ލަނޑު އެ ޓީމަށް ޖަހައިދިނީ، ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެކްޓޮމިނޭ މި ލަނޑު ޖެހީ މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކުން ބޮލުންނެވެ.
ފުރަތަމަ ހާފު ލީޑުގައި އޮވެ، ނިންމާލި ނަޕޯލީން ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ ދެ ވަަނަ ގޯލު ޖެހި އެވެ.
އެ ގޮތުން، މެޗުގެ 57 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ނަޕޯލީ އަށް ބަދަލުވި ޑި ބްރޭނާ އެވެ. ދިހަ އަހަރު މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގައި ނަޕޯލީ އަށް ބަދަލުވި ޑި ބްރޭނާ މި ލަނޑު ޖެހީ، ހިލޭ ޖެހުމަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ސަސުއޯލޯ އިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަަމަވެސް ނަޕޯލީން ވަނީ އެކަން ހާސިލްވިޔަ ނުދޭން ރަނގަަޅަށް ޑިފެންސްކޮށްފަ އެވެ. ސަސުއޯލޯ އިން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ، އެއީ، މެޗުގެ 79 ވަނަ މިނިޓްގައި، އެ ޓީމުގެ އިސްމާލް ކޯނޭ އަށް ދެ ވަނަ ރީނދޫ ކާާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
Comment