Advertisement

ވަކީލުކަމުގެ ވަގު ހުއްދައެއް ހަދައިގެން އެމްޕީއެލްގެ ވަޒީފާއެއްގައި އުޅުނު މީހަކު ފަޅާއަރައިފި

21 އޮގަސްޓު 2025 - 19:15 1


ވަކީލުކަމުގެ ވަގު ހުއްދައެއް ހަދައިގެން އެމްޕީއެލްގެ ވަޒީފާއެއްގައި އުޅުނު މީހަކު ފަޅާއަރައިފި

21 އޮގަސްޓު 2025 - 19:15 1

ވަކީލުކަމުގެ ވަގު ހުއްދައެއް ހަދައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވަޒީފާއެއްގައި އުޅުނު މީހަކު ފަޅާއަރައިފި އެވެ.

ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ އާމެދު ޝައްކުތަކެއް އުފެދިގެން އޭނާގެ އަތުގައި ވަކީލުކަމުގެ ހުއްދަ އޮވޭތޯ ބަލައިދިނުމަށް ހުށަހެޅީ އެމްޕީއެލް އިންނެވެ. ތޫބާއަކީ ވަކީލެއްތޯ މޯލްޑިވްސް ބާ ކައުންސިލުން ބެލިއިރު، އޭނާގެ އަތުގައި ވަކީލުކަމުގެ ހުއްދައެއް ނޯވެ އެވެ.

"ފާތިމަތު ތޫބާ އަބްދުﷲ އަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއް ނޫންކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ބާ ކައުންސިލުް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވަކީލުކަމުގެ ހުއްދައެއް ކަމަށް ބުނެ ތޫބާ އުޅުނީ ލިޔުމެއް ފޯޖުކޮށްގެންނެވެ. އެ ލިޔުމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ސޮއި ވެސް ފޯޖުކޮށްފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

"މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފަ،" ބާ ކައުންސިލުން ބުންޏެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ތޫބާއަކީ މި އަހަރު ނުވަތަ މިދިޔަ އަހަރު ފަހުކޮޅު އެމްޕީއެލްގެ ވަޒީފާއަށް ވަން މީހެކެވެ. އޭނާ މިހާރު ވަނީ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެފަ އެވެ. ތޫބާއަކީ ހަގީގަތުގައި ވެސް ވަކީލެއްތޯ ބެލުމަށް އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހެޅީ އޭނާއަށް ކަންކަން ނޭނގޭތީ ޝައްކުވެގެން ކަމަށް ވެސް އެނގިފައިވެ އެވެ.