Advertisement

އެމްޕީއެލްގެ މުވައްޒަފުންގެ ބޯނަސްތަކާއި ރޯދަ އިނާޔަތުގެ އިތުރުން ފައިސާގެ ހަދިޔާ އާއި ގިފްޓު ވައުޗަރު ދެނީ

about 9 hours 2

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން: ބޯނަސް ދޭން ނިންމި 2024 ގައި ސީއީއޯއަކަށް ހުންނެވީ ވަޖީހު --- ފޮޓޯ: އެމްޕީއެލް


އެމްޕީއެލްގެ މުވައްޒަފުންގެ ބޯނަސްތަކާއި ރޯދަ އިނާޔަތުގެ އިތުރުން ފައިސާގެ ހަދިޔާ އާއި ގިފްޓު ވައުޗަރު ދެނީ

about 9 hours 2

ވިޔަފާރި ބަނދަރުތައް ބެލެހެއްޓުމާ ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް 2024 ވަނަ އަހަރުގެ ބޯނަސްތައް ދޭއިރު ރޯދަ އިނާޔަތުގެ އިތުރުން ރޯދަ "ހަދިޔާ" ގެ ގޮތުގައި ފައިސާ އާއި ގިފްޓު ވައުޗަރެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް މިކަން އަންގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން ފޮނުވި މެމޯގެ ކޮޕީއެއް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ މެމޯގައިވާ ގޮތުން އަހަރީ ބޯނަސް ދެނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމި ގޮތުގެ މަތިންނެވެ. އަދި ޕާފޯމަންސް ބޯނަސް ދޭން ނިންމީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

އެމްޕީއެލްގެ ބޯޑުން ވަނީ ރޯދަ އިނާޔަތް ދޭއިރު ރޯދަ ހަދިޔާ އާއި ގިފްޓު ވައުޗަރެއް ހުރިހާ މުވައްޒަފުންނަށް ދޭން ނިިންމާފަ އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް

  • އަހަރީ ބޯނަސް - 804،408.11ރ. (މުވައްޒަފުންގެ މެެދުގައި ބަހަން)
  • ފާފޯމަންސް ބޯނަސް - 4،000ރ.
  • ރޯދަ އިނާޔަތް - 3،000ރ.
  • ރޯދަ ހަދިޔާ - 2،000ރ.
  • ގިފްޓު ވައުޗަރު - 750ރ.

އަހަރީ ބޯނަސްގެ ގޮތުގައި މުވައްޒަފުންގެ މެދުގައި ބަހާ އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބެނީ ލިބެނީ ކުންފުނީގެ ބޯނަސް ޕޮލިސީގައި ޝަރުތުހަމަވާ މުވައްޒަފުންނަށެވެ. ފާފޯމަންސް ބޯނަސް ލިބެނީ 2024 ގައި އަހަރު އެ ކުންފުންޏަށް ހަ މަސް ދުވަހު ހިދުމަތްކޮށްފައިވާ އެ ކުންފުނީގައި މިހާރު ވެސް ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންނަށެވެ.

މި އަދަދުތަކުން ހިސާބުކުރާއިރު، އެމްޕީއެލްގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކަށް ގާނޫނުން ލާޒިމުކުރާ ރޯދަ އިނާޔަތުގެ ގޮތުގައި ލިބޭ 3،000ރ. އާއި ރޯދަ ހަދިޔާގެ ގޮތުގައި 2،000ރ. ހިމަނައިގެން 5،000ރ. ލިބޭނެ އެވެ. ޕާފޯމަންސް ބޯނަސް ލިބޭ މުވައްޒަފުންނަށް ޖެހޭ އަދަދު 9،000ރ. އަށް އަރަ އެވެ. އަހަރީ ބޯނަސް ލިބޭ މުވައްޒަފުންނަށް ލިބޭ އަދަދު 10،000ރ. އަށް ވުރެ މަތިވާނެ އެވެ.

އެމްޕީއެލްއަށް 2024 ގައި 27.4 މިލިއަން ރުފިޔާ ފައިދާވި އެވެ. މިއީ އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ފައިދާވީ 49.4 މިލިއަނަށް ވުރެ ދަށް އަދަދެކެވެ.

ސަރުކާރު ބައެއް ކުންފުނިތަކުން ވަނީ މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް، ރޯދަ އިނާޔަތުގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި ފައިސާ ދީފަ އެވެ.