Advertisement

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ އިސްލާހު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް

20 އޮގަސްޓު 2025 - 22:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ އިސްލާހު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް

20 އޮގަސްޓު 2025 - 22:53 0

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރައީސް މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވަން ނިންމެވީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ ކަމަށެވެ.

ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވަން މުއިއްޒު ވަނީ ނިންމަވާފަ އެވެ.

މިގޮތުން މުއިއްޒު ނިންމެވީ ބިލު މުރާޖައާ ކުރެއްވުމަށްފަހު ބިލަށް އިސްލާހު ގެންނެވުމަށެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ އޮގަސްޓް 6، ގަ އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު 2012 ގައި މަޖިލީހުން ފާސްކުރުމުން އެ ބިލު އޭރުގެ ރައީސް މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވި ބިލު އޮތްގޮތަށް މަޖިލީހުން އޭރު ފާސްކުރި އެވެ.