20 އޮގަސްޓު 2025 - 13:34 2
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ހަރަކާތެއްގައި ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު
20 އޮގަސްޓު 2025 - 13:34 2
އައްޑޫ ސިޓީގެ ތަރައްގީއަށް ނިމިދިޔަ ސަރުކާރުން ކޮށްދިން ކަންކަމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއަށް އެވޯޑެއް އެރުވުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފި އެވެ.
ސޯލިހުއަށް އެވޯޑެއް ދޭން ނިންމާފައިވާކަން ހާމަކުރީ އައްޑޫ ކައުންސިލްގެ މެންބަރުން މި ހަފުތާގައި މާލެއަށް ކުރި ދަތުރުގެ ތެރެއިން، ސޯލިހުއާ ބައްދަލު އާ ބައްދަލު ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
އެވޯޑާ ހަވާލުވުމަށް އައްޑޫއަށް ވަޑައިގަންނަވަން ސޯލިހުއަށް ދައުވަތު އަރުވަމުން އައްޑޭ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ސޯލިހުއަށް އެވޯޑެއް އަރުވަން ނިންމާފައި ވަނީ އެ ސިޓީގެ ރައްޔިތުންގެ ނަމުގައި ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން އެބަވޭ އައްޑޫ ސިޓީ ރައްޔިތުންގެ ނަމުގައި މަނިކުފާނަށް [ސޯލިހުއަށް] އެވޯޑެއް އަރުވަން، ހާއްސަކޮށް އައްޑޫ ސިޓީގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތާއި އަދި އަޅުގަނޑުމެން މި ތަޖުރިބާ ކުރާ ލާމަރުކަޒީ ގާނޫނަށް ގެންނެވި ބަދަލުތަކާއެކު،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެރުވި އެ ދައުވަތު ބަލައިގަތުމަށްފަހު ސޯލިހު ވިދާޅުވީ ވަރަށް އަވަހަށް އެ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ހިތުގެ އަޑިން ގަބޫލު ކުރާ ނިޒާމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
ނިމިދިޔަ ވެރިކަމުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގުތައް ހެދުމާއި އެ ސިޓީގެ ފަޅުތެރެއިން ބިން ހިއްކުމުގެ އިތުރުން ހަންކެޑެ ބްރިގު އެޅުންފަދަ މަޝްރޫއުތައް ހިންގި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment