Advertisement

މުސާރަ ދެވޭނީ 3 މަހަށް، ބާކީ ބަޔަށް ފައިސާއެއް ނެތް: ޝުޖާއު

ވާވު އަތޮޅު ކައުންސިލާއެކު މާޗު 6، 2024 ގައި މުއިއްޒު ބޭއްވި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އާއި އެހެން މެންބަރުން. -- ފޮޓޯ: ރައީސް އޮފީސް


މުސާރަ ދެވޭނީ 3 މަހަށް، ބާކީ ބަޔަށް ފައިސާއެއް ނެތް: ޝުޖާއު

އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ސަރުކާރުން ދޫކުރާ ބަޖެޓުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ދެވޭނީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ކަމަށާއި، ބާކީ އޮތް މުއްދަތަށް މުސާރަ ދޭނެ ފައިސާ ނެތް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓްގައި ޝުޖާއު ވިދާޅުވީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް އިތުރު ފައިސާ ނެތްކަން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ފައިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނަމުންދަނީ އިތުރު ފައިސާ ދެވޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް، މިވަގުތަށް ދީފައިވާ އިރުޝާދަކީ އަތޮޅު ރައްޔިތުންގެ މާލިއްޔަތުން މުސާރަ ދެވޭނެ ގޮތަށް ބަޖެޓު ތަރުތީބު ކުރުމަށެވެ.

"ސިޔާސީ މުވައްޒަފުންނަށް މުސާރަދޭނެ ފައިސާ ހޯދާތާކުން، ހޯދާގޮތަކުން ފައިސާ ހޯދައިގެންވެސް ކައުންސިލް އިދާރާ ސިވިލް މުވައްޒަފުންނަށް މުސާރަ ސަރުކާރުން ދެވެން ވާނެ،" ޝުޖާއު ވިދާޅުވި އެވެ.

ހާއްސަކޮށް ސިޔާސީ މަގާމުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަމުންދާއިރު، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް މިފަދަ ގޮންޖެހުމެއް ކުރިމަތިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"ސިޔާސީ މުވައްޒަފުންނަށް މުސާރަދޭނެ ފައިސާ ހޯދާތާކުން، ހޯދާގޮތަކުން ފައިސާ ހޯދައިގެންވެސް ކައުންސިލް އިދާރާގެ ސިވިލް މުވައްޒަފުންނަށް މުސާރަ ސަރުކާރުން ދެވެން ވާނެ،" އޭނާ ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުން އަތޮޅުތަކުގެ ތަރައްގީއަށް ހުރި ފައިސާ މުސާރައަށް ހޭދަކުރަން ޖެހި، ރަށްރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބައެެއް ކައުންސިލްތަކުން ބުންޏެވެ.

ލާމަރުކަޒީ ނިޒާމު ކުރިއަރުވާން ވައުދުވެ ވަޑައިގަތުމަށް ފަހު މުއިއްޒު ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، އެ އޮފީސްތައް ހިންގަން ސަރުކާރުން މީހަކު އައްޔަން ކުރަން ނިންމައިފަ އެވެ. އެހެންވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓެއް ނުނަގާނެ އެވެ.