Advertisement

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ގިނަ މެންބަރުން ތިބީ އެމްޑީޕީ މެންބަރުންނާއެކު: ނާޒިލް

19 އޮގަސްޓު 2025 - 14:26 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: ޕީއެންސީގެ މެންބަރުން ކުލަ ބަދަލުކުރަން ނުކެރިގެން އުޅެނީ ގާނޫނު މިހާރު އޮތް ގޮތުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު


ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ގިނަ މެންބަރުން ތިބީ އެމްޑީޕީ މެންބަރުންނާއެކު: ނާޒިލް

19 އޮގަސްޓު 2025 - 14:26 1

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން އިދިކޮޅު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ތިއްބެވި ކަމަށް އެ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ ސަރުކާރުން ކުރާ ބޭކާރު ހަރަދާއި ރައްޔިތުން އުޅޭ ހާލުގެ ވާހަކަ ދެއްކުމުން ބާރު ކުރަނީ ޕީއެންސީ އަދި ސަރުކާރަށް ތާއިދުކުރާ މަދު މަޖިލިސް މެންބަރުންނަށް ކަމަށެވެ.

"ގިނަ މެންބަރުން އަޅުގަނޑުމެންނާ އެކީގައި ތިބީ. އެނގޭތޯ. ބޭރުން ކުލަ ކޮންމެ ގޮތަކަށް ހުއްޓަސް އެތެރެ ހުރީ އަޅުގަނޑުމެންނާ އެކީގައި. މިއީ ހަގީގަތް،" ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީއާއެކު ތިއްބެވި ޕީއެންސީގެ މެންބަރުން ކުލަ ބަދަލުކުރަން ނުކެރިގެން އުޅެނީ ގާނޫނު މިހާރު އޮތް ގޮތުން ކަމަށް ނާޒިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އެގޮތަށް އޮތަސް އެ މެންބަރުންތައް އެމްޑީޕީއާ އެކު ދެމި ތިއްބަވާނެކަން ސާފުވާ ކަމަށެވެ.

"ބޭރު ކުލަ ބަދަލުކުރަން ނުކެރިގެން އެ އުޅެނީ ގާނޫނު ތެރެއިން ހިފެހެއްޓިފައި އޮތް މިންވަރު ބޮޑުވީމަ. އިރާދަކުރެއްވިއްޔާ އެ ގާނޫނު އެހެން އޮތަސް ވެސް އަޅުގަނޑުމެންނާ އެކީގައި މެންބަރުން ތިބޭނެކަން އަޅުގަނޑުމެންނަށް ވަރަށް ސާފު،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރައްޔިތުން ހަނާވެ، ކަންމަތީ ފިހާރައިގައި ހުރި އެއްޗެހި ހުސްވެ ކުދި ވިޔަފާރިތައް ހުލިވެފައިވާ ކަމަށެވެ. އެގޮތުން އެކަމާ ރައްޔިތުން ދެކޮޅު ހަދައި ނިކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅައިގެން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނައި ބަދަލުގައި މެންބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ގާނޫނުގެ ދަށުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަވެސް ގޮނޑި ގެއްލެ އެވެ.