Advertisement

ބޮޑުތަކުރުފާނު މަގު ހަދަން އެމްއެމްއޭ ސަރަހައްދާއި ފަޅުތެރެއިން ބައެއް 56 ދުވަހަށް ބަންދުކޮށްފި

18 އޮގަސްޓު 2025 - 10:36 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބޮޑުތަކުރުފާނު މަގު ހަދަން އެމްއެމްއޭ ސަރަހައްދާއި ފަޅުތެރެއިން ބައެއް 56 ދުވަހަށް ބަންދުކޮށްފި

18 އޮގަސްޓު 2025 - 10:36 1

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދު ފަޅުތެރެއާއެކު 56 ދުވަހަށް މިއަދު ބަންދުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އޮގަސްޓް 18، އިން ފެށިގެން އޮކްޓޯބަރު 13، ގެ ނިޔަލަށް ބޮޑުތަކުރުފާނުގެ އެއްފަޅި ބަންދުކުރެވިފައިވާކަން އެއްގަމު އުޅަނދު ދުއްވާ އެންމެންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

"އެހެންކަމުން މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މަގު ބަންދުކުރަން ހަމަޖެހިފައިވާ ގޮތް


ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

މިދިޔަ އޭޕްރިލް މަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 144.50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދޮޅު އަހަރު ތެރޭގައި 830 މީޓަރުގެ އެ މަގުގެ މަސައްކަތް ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރަން ޖެހެ އެވެ.

އެމްޓީސީސީން ބުނީ އެ މަގު ހަދައި ނިމުމުން އެ މަގުން ފަސޭހަ ކަމާއެކު ދެކޮޅަށް ދަތުރު ދަތުރު ކުރުމުގެ އިތުރުން އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަ ވެސް ތަނަވަސް ވެގެން ދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް އެ މަގު ހަދައި ނިމުމުން ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.