ދެ މޭޔަރުންގެ ޝަކުވާ: ގާނޫނަށް ގެނައި ބަދަލުތަކުން ކައުންސިލްތައް ވަނީ ހުއްޓިފައި

ދެ މޭޔަރުންގެ ޝަކުވާ: ގާނޫނަށް ގެނައި ބަދަލުތަކުން ކައުންސިލްތައް ވަނީ ހުއްޓިފައި

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ފުލުފުލުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހުއްޓިފައިވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތިފް ވިދާޅުވީ ގާނޫނަށް ބަދަލު ގެނައީ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ގަސް ވިއްކާ ފިހާރައެއް ހުޅުވާފައި މިވަނީ. އެހެންނަމަވެސް މިއަދު ކައުންސިލްތަކުން ކުރާ މިފަދަ މަސައްކަތްތައް ހުއްޓުވަން ގާނޫނަށް ބަދަލު މި ގެނައީ،" އާތިފް ވިދާޅުވި އެވެ.

Advertisement

އާތިފް ވިދާޅުވީ ކައުންސިލަށް ނަގަން ބޭނުންވާ ހަ މުވައްޒަފުން ނެގުމަށް މިހާރު ގެޒެޓު ކޮށްފައިވާ ގަވާއިދުގެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްދައަށް އެދުމުން ދައުރުގެ ފަހު އަހަރަށްވާތީ އެ ހުއްދަ ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

"ގަވާއިދު [އަލަށް ހެދި ގަވާއިދު] ގެ ދަށުން އަޅުގަނޑުމެން ވާނެ ހުއްދަތަކަށް އެދިފައި. އަޅުގަނޑުމެންނަށް ކުރިއަށް އޮތް ހުރި މަސައްކަތްތަކަށް މުވައްޒަފުން ނެގުމަށްޓަކައި. އަޅުގަނޑުމެންގެ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުން ނެގުމަށް މިހާރުވެސް ހުށަހަޅާފައިވާނީ،" އާތިފް ވިދާޅުވި އެވެ.

"ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ޖަވާބު ލިބިފައި އެބައޮތް އަޅުގަނޑުމެން އެދުނު ހަ މަގާމަށް ވެސް މުވައްޒަފުން ނެގުމަށް ހުއްދަ ދެވެން ނެތް ކަމަށް. އެއީ އެބޭފުޅުން ދަންނަވާފައި މިވަނީ އެކަށީގެންވާ މުއްދަތެއް ދައުރުގައި ނެތުމުގެ ސަބަބުން އެ މަގާމުތައް ނެގުމަށް ހުއްދަ ދެވެން ނެތް ކަމަށް."

ކައުންސިލްތަކަށް ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ރައީސްކަމުގެ ފަހު އަހަރު ސަރުކާރަށް އެއްވެސް މުވައްޒަފުން ނުނެގޭހެން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާ ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް ބިންތައް ކުއްޔަށް ނުދެވުމުން މާލީ ގޮތުން ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އޭގެއިތުރުން މުސާރައަށް ގެނައި ބަދަލުން ހަ ގަޑިއިރު މަސައްކަތް ކުރަންޖެހޭ ކައުންސިލްތަކުގެ މުވައްޒަފުންނަށް އޯޓީ މިހާރު ލިބެނީ އަށް ގަޑިއިރު ހަމަވުމުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުން ނެގުން ހުއްޓިފައި އޮތުމުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި މިސްކިތްތައް ރީތިކުރުމަށް ނަގާ މުވައްޒަފުން ވަކިވުމުން އެ މުވައްޒަފުން ނެގޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

"މިއަދު މި ދިމާވާ ގޮންޖެހުމަކީ މިސްކިތަކުން މުވައްޒަފަކު ވަކިވިޔަސް އެ މުވައްޒަފެއް ނުލިބޭ. އަޅުގަނޑަށް ފާހަގަކުރެވެނީ މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާ ބަރި އާއި މިސްކިތްތަކުގެ ދެން ހުރި ތަންތަން ރީތިކޮށް ހަދާ ނިންމާ މިކަން ކުރިތަން ފެނިގެން ދެން އެތަންތަން ހަލާކުކޮށްލުމުގެ ވިސްނުމެއްގައި މުވައްޒަފުން ނުދީ ހިފަހައްޓަނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޖެއްސުން ކުރުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައީ ކައުންސިލްތަކަށް އެތައް ބައިވަރު ފައިދާތަކެއް އަދި އާމްދަނީއެއް ފާއިތުވެދިޔަ ދުވަސްތަކުގައި ލިބި، އެ ފައިސާއިން އެތައް ކަމެއް ރައްޔިތުންނަށްޓަކައި ކައުންސިލްތަކުން ކޮށްދިނުމުން ހިތަށް ކެތް ނުވެގެން ކަމަށެވެ.

"ބިންތަކުގެ ކުލިން އެއްވެސް އެއްޗެއް ނުލިބުނު އެތައް ބައިވަރު އާމްދަނީއެއް ކައުންސިލްތަކަށް ވަދެފައި އަދި އެ އާމްދަނީން ކައުންސިލްތަކުން އެތައް ބައިވަރު ކަންތައްތަކެއް ކޮށްފައި ހުރިކަން ރަށްރަށުން ފެންނާނެ،" އާޒިމް ވިދާޅުވި އެވެ.

"ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ތަނުގައި ކައުންސިލްތަކުން އެ ލިބޭ ކުޑަކުޑަ ލާރިކޮޅުން އެތައް ބައިވަރު ކަމެއް ކުރާތީވެ އެ މަންޒަރު ފެންނާތީވެ ހިތަށް ކެތްނުވެގެން އިންއެފިޝިއަންޓް ސަރުކާރެއްގެ އިންއެފިޝިއަންސީ ފޮރުވަންވެގެން ކުރާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."

އާޒިމް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާ ގޮތަށް އަދި ކައުންސިލްތަކަށް ގެއްލުންވާ ގޮތަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ކުރިން އޮތް ގޮތަށް ބަދަލުކުރަން ގޮވާލާފަ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox