Advertisement

ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނު

10 ޑިސެންބަރު 2025 - 11:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އާޒިމް: މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކުރިއަށް ގެންދަން ކޯރަމް ހަމަނުވާތީ އޭނާ ވަނީ ޖަލްސާ ނިންމަވާލައްވާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނު

10 ޑިސެންބަރު 2025 - 11:06 0

ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލުން މިއަދަށް ތާވަލު ކުރި ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

ކައުންސިލްގެ ޖަލްސާ ފެށުމަށްފަހު މޭޔަރު އާދަމް އާޒިމް ވަނީ ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ 10 މެންބަރުން ހާޒިރު ނުވާތީ ކޯރަމް ހަމަ ނުވާ ކަމަށް ބުނެ ޖަލްސާ ނިންމާލައިފަ އެވެ.

އާޒިމް ވިދާޅުވީ ކައުންސިލް ޖަލްސާއަށް ހާޒިރުވީ ޖުމްލަ ހަތް ބޭފުޅުން ކަމަށާއި އޮންލައިންކޮށް އެއް ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"މިއަދުގެ ކޯރަމަކީ 10. އެހެންނަމަވެސް ހާޒިރުވެ ތިއްބެވީ ޖުމްލަ ހަތް ބޭފުޅުން. އޮންލައިންކޮށް އެއް ބޭފުޅަކު. އެހެންވީމަ ޖުމްލަ އަށެއް މިވަނީ. އެހެންވީމަ ކޯރަމް 10 އަކަށްވާތީވެ، ކޯރަމް ހަމަނުވާތީވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެތީވެ މިއަދުގެ ޖަލްސާ އަޅުގަނޑު ނިންމާލަން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިދިޔަ ހަފްތާގެ ޖަލްސާ ނިންމާލީ ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ އާދަމް އާޒިމް ޖަލްސާގައި ހާމަކުރެއްވުމާއެކު ހޫނުވެ ކުރިއަށް ނުގެންދެވިގެންނެވެ.

މޭޔަރާއެކު މާލެ ސިޓީ ކައުންސިލްގައި ޖުމްލަ 18 މެންބަރުން ތިއްބަވަ އެވެ. ނަމަވެސް އެ ޖަލްސާއަށް ހާޒިރުވީ ޖުމްލަ އަށް މެންބަރުންކަން ފާހަގަކުރެވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ބާއްވާއިރު، މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ވެސް ބައެއް ޖަލްސާތައް ކޯރަމް ހަމަނުވެގެން ކުރިއަށް ގެންދެވިފައި ނުވެ އެވެ.