Advertisement

ސިންސިނާޓީ އޯޕަންގެ ފައިނަލްގައި އަލްކަރާޒާއި ސިނާގެ ކުރިމަތިލުމެއް

18 އޮގަސްޓު 2025 - 09:43 0


ސިންސިނާޓީ އޯޕަންގެ ފައިނަލްގައި އަލްކަރާޒާއި ސިނާގެ ކުރިމަތިލުމެއް

18 އޮގަސްޓު 2025 - 09:43 0

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 18) - މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަންގެ ފައިނަލުގައި، ދުނިޔޭގެ ޓެނިހުގެ ރޭންކިންގެ އެންމެ މަތީގައި އޮތް ދެ ކުޅުންތެރިން ކަމަށްވާ ޖަނިކް ސިނާ އާއި ކާލޯސް އަލްކަރާޒް ވަނީ ކުރިމަތިލުމަކަށް ދާން ޖެހިއްޖެ އެވެ.

މިއީ މި ފަހަރުގެ ޓެނިސް ސީޒަނުގައި މި ދެ ކުޅުންތެރިންގެ ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން، ފްރެންޗް އޯޕަން އާއި އިޓާލިއަން އޯޕަން ފައިނަލުގައި، އަލްކަރާޒް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ވިމްބަލްޑަން ފައިނަލުގައި ސިނާ ވަނީ ކުރިހޯދައިފަ އެވެ.

ސިނާއާ ދެކޮޅަށް މިހާތަނަށް އަލްކަރާޒް ކުޅުނު 13 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފައިވެ އެވެ. ސިނާ އަށް ކުރިހޯދުނީ ފަސް މެޗުންނެވެ.

ސިންސިނާޓީ އޯޕަންގެ ފައިނަލުން ސިނާ ޖާގަ ހޯދީ ސެމީ ފައިނަލުގައި، ޓެރެންސް އަޓްމާނޭ އަތުން މޮޅުވެގެންނެވެ. ސިނާގެ 24 ވަނަ އުފަން ދުވަހު ކުޅުނު މި މެޗުގައި، އޭނާ ސެޓުތައް ގެންދިޔައީ، 7-6 (7-4) 6-2 އިންނެވެ. އަޓްމާނޭ އަތުން ގިނަ ގޯސްތަކެއް ފެނުނު މި މެޗުގައި، ޕްރެޝަރުގައި ކުޅެން ޖެހުނު މަދު ވަގުތުތަކުގައި ވެސް ސިނާ ވަނީ ހަމަޖެހިލައިގެން ކުޅެ، ކާމިޔާބު ހޯދައިފަ އެވެ.

ޖަރުމަނުގެ ކުޅުންތެރިޔާ އަލެކްސަންޑަ ޒްވެރެވް އަތުން އަލްކަރާޒް ވަނީ ސެމީ ފައިނަލުގައި ރަނގަޅު މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން، ފުރަތަމަ ސެޓުގައި، އަލްކަރާޒަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފަހުން ހަމަޖެހިލައިގެން ކުޅެ، ކާމިޔާބު ހޯދި އެވެ. އަލްކަރާޒް މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-4، 6-3 އިންނެވެ.

ޔޫއެސް އޯޕަން ތަށި ދިފާއުކުރަން ރަނގަޅު ފޯމެއްގައި ސިންސިނާޓީ އޯޕަން ނިންމާލުމުގެ އަމާޒުގައި ހުރި ސިނާ އާއި އަލްކަރާޒް ބައްދަލުކުރާ ފައިނަލް މެޗު އޮތީ މިރޭ 12 ޖަހާއިރު އެވެ.