Advertisement

މިލާންއާ އެކު މޮޑްރިޗް ފެށީ މޮޅަކުން

18 އޮގަސްޓު 2025 - 08:33 0


މިލާންއާ އެކު މޮޑްރިޗް ފެށީ މޮޅަކުން

18 އޮގަސްޓު 2025 - 08:33 0

މިލާން (އޮގަސްޓް 18) - ލޫކަ މޮޑްރިޗް، އޭސީ މިލާން ޖޯޒީގައި ކުޅުނު ފުރަތަމަ ރަަސްމީ މެޗުގައި، އިޓާލިއަން ކަޕްގައި މިލާނުން 2-0 އިން ބަރީ އަތުން މޮޅުވެެއްޖެ އެވެ.

އިޓާލިއަން ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި، މިލާނުން ބަރީ އަތުން މޮޅުވި މެޗުގައި، އެ ޓީމުގެ ލަނޑުތައް ޖެހީ، ކޮންމެ ހާފެއްގައި ލަނޑެެކެވެ.

އެ ގޮތުން، އަމިއްލަ ދަނޑުގައި ކުޅުނު މިލާނުން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ރަފައެލް ލެއާއޯ އެވެ. މިއީ، ފިކާޔޯ ޓޮމޯރީ ދިން ބޯޅައަކުން ލެއާއޯ ޖެހި ގޯލެކެވެ.

އެއް ގޯލުގެ ލީޑެއްގައި އޮވެ، ފުރަތަމަ ހާފު ނިންމާލި މިލާނުން، ދެ ވަނަ ހާފު ފަށައިގެން ތިން މިނިޓް ތެރޭ ދެ ވަަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް އެވެ. ޕުލިސިޗް މި ލަނޑު ޖެހީ ސަންޓިއާގޯ ޖިމެނޭޒް ދިން ބޯޅައަކުންނެވެ.

މިލާނުން ރަނގަޅު ލީޑެއްގައި އޮވެ، މެޗުގެ ކޮންޓްރޯލް ނަަގައިގެން ކުޅުނުއިރު، 66 ވަނަ މިނިޓްގައި، ބަދަލަކަށް މޮޑްރިޗް ވަނީ ކުޅެން އަރައިފަ އެވެ. މިއީ، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި، 39 އަހަރުގެ މޮޑްރިޗް، މިލާނަށް ބަދަލުވި ފަހުން ކުޅުނު ރަސްމީ ފުރަތަމަ މެޗެެވެ.

މެޗަށް ފަހު، މިލާނުގެ ކޯޗު، މެސިމޯ އަލެގްރީ ވަނީ މޮޑްރިޗް ބޭނުންކުރުމުގައި، މިލާނުން ފަރުވާތެރިވެ، މުހިންމު މެޗުތަކުގައި އޭނާގެ ދައުރު ބޮޑުކޮށް ފެންނާނެ ކަމަށެވެ.