Advertisement

ހުޅުމާލޭގައި ބެހެއްޓި ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީ ބޭނުން ކުރަން ފަށައިފި

18 އޮގަސްޓު 2025 - 07:42 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހުޅުމާލޭގައި ބެހެއްޓި ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީ ބޭނުން ކުރަން ފަށައިފި

18 އޮގަސްޓު 2025 - 07:42 1

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ބެހެއްޓި ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީން އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާނގީ ބޭނުންކުރަން ފަށްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފެށި 24 މީޓަރު އުސް އެ ތާނގީގައި 10،000 ޓަނުގެ ފެން ރައްކާކުރެ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ތާނގީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެ، ޖުމްލަ ފެން ރައްކާ ކުރެވޭ މިންވަރު 79 ޕަސަންޓު އިތުރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

"މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް ވަނީ އިތުރުވެފައި،" އެ ކުންފުނިން ބުންޏެވެ.

ފެން ކުންފުނިން ބުނީ ސިނަމާލެ ބްރިޖް މަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ މި އަހަރުގެ ފެބްރުއަރީ މަހު ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު އެ ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.