Advertisement

ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފި

23 މޭ 2025 - 18:12 0

ކެންދޫގައި ފެން ރައްކާ ކުރަން ބެހެއްޓި ތާނގިތަކެއް: މަސައްކަތުގެ އަގަކީ 56 މިލިއަން ރުފިޔާ -- ފޮޓޯ: އެމްޑަބްލިއުއެސްސީ


ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފި

23 މޭ 2025 - 18:12 0

ބ. ކެންދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނިންމައި، ގޭގެއަށް މިއަދު ފެން ގުޅައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔައި އެމްޑަބްލިއުއެސްސީ އިންނެވެ. މަޝްރޫއުގެ އަގަކީ 56.2 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުގެ ދަށުން، ފެން އުފައްދާ ޕްލާންޓެއް ވެސް ރަށުގައި ބެހެއްޓި އެވެ. އަދި ފެން ރައްކާ ކުރާ ތާނގީއެއް ވެސް ބެހެއްޓި އެވެ.

ނަރުދަމާގެ މަސައްކަތްތަކުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަނެއް ގާއިމްކޮށް، ސީ އައުޓް ފްލޯ ވަނީ އަޅައިފަ އެވެ. އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ބަލަހައްޓަން ބޭނުންވާ ވެހިކަލެއް ވެސް ރަށުގައި ބެހެއްޓި އެވެ.

ކެންދޫގައި ގާތްގަނޑަކަށް 1350 މީހުން ދިރިއުޅެ އެވެ. ކެންދޫގައި މީގެ ކުރިން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ އެހީގައި ވަނީ ކަރަންޓު އުފައްދަން ޖަނަރޭޓަރު ސެޓެއް ބަހައްޓައިފަ އެވެ. ރަށުގެ ބަނދަރު ވެސް ހުންނަނީ ހަދައިފަ އެވެ.